ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގެ ހެރިޓޭޖް ޕާރކުގެ ހުކުރު މިސްކިތުގެ ރެޕްލިކާއެއް ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

އިޢުލާން

ތިނަދޫ ސިޓީގެ ހެރިޓޭޖް ޕާރކުގެ ހުކުރު މިސްކިތުގެ ރެޕްލިކާއެއް ހެދުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން

      ތިނަދޫ ސިޓީގެ ހެރިޓޭޖް ޕާރކުގެ ހުކުރު މިސްކިތުގެ ރެޕްލިކާއެއް މި އިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

       ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 13 މާރޗް 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލް  [email protected]މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި އިޢުލާނާއި އެކު ރެޖިސްޓްރޭޝަން ފޯރމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.         

            އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 މާރޗް 2024 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

 

 

ތާރީޚް

ދުވަސް

ގަޑި

ތަން

ރެޖިސްޓްރޭޝަން މުއްދަތު

28 މާރޗް 2024 އިން 13 މާރޗް 2024 އަށް

-

13 މާރޗް 2024 ގެ 13:00އަށް

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

ބީލަން ހުށަހެޅުން

21 މާރޗް 2024

ބުރާސްފަތި

13:00

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

28 ފެބުރުވަރީ 2024
ހޯދާ