މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުސަންމާގެ ދެކުނު ފަޅީގައި ހުރި ރަބަރުތަށް ނެގުމާއި ގުޅޭ

         މި އިދާރާގެ ނަމްބަރ (IUL-315-SM/315/2024/25) އިއުލާނާ ގުޅިގެން ހުށައަޅާފައިވާ އަގުތަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު ކަމަށް ފެންނާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.
         ވީމާ ބ. ކެންދޫ މުސަންމާގެ ދެކުނަށް އިންޑޯޖިމް ހެދުމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި ޓާރފް ދަނޑަށް އަޅާ ރަބަރުތައް މި ކައުންސިލުން ފޯރުކޮށްދޭ ކަޅު ހަންތަކަކަށް އަޅައި ފުޓްބޯޅަދަނޑުގެ ހުޅަނގުން  DSRCގެ ގެއާއި ދެމެދުގައިވާ ހުސްބިމުން މި ކައުންސިލުން ކަނޑައަޅާ ތަނެއްގައި ބަހަށްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 03 މާރިޗު 2024 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާއަށް ދުރުވެ ކޯޓޭޝަން ހުށަހެޅުމަށް ދަންނަވަމެވެ.
        އިތުރު މައުލޫމާތު ހޯއްދެއްވުމަށް މި އިދާރާގެ ނަންބަރު 6600004 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

        މިހެންވެ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

28 ފެބުރުވަރީ 2024
ހޯދާ