ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖުތިމާއީ ސަރަހައްދު ކުނިކަހާ، ކުނި ނަގާ ސާފުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުން

އިޢުލާން

ޅ.އޮޅުވެލިފުށި ބައެއް މަގުތަކާއި ، އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮއްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ޅ.އޮޅުވެލިފުށީ ބައެއް މަގުތަކާއި، އިޖުތިމާއި ސަރަޙައްދުތައް ސާފުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ފަރާތްތަކުން 03 މާރިޗް 2024 ގައި ޅ.އޮޅުވެލިފުށީ ކައުންސިލް އިދާރާގެ ސެމިނަރ ރޫމްއިން މަޢުލޫމާތު ސާފުކޮށް 05 މާރިޗް 2024 ގެ 11:00 ގައި އިދާރާއަށް ހާޒިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

#

 

ތަން

ތާރީޙް

ގަޑި

1

މައުލޫމާތު ސެޝަން އަދި ބީލަމުގައި ރަޖިސްޓަރީވުން

ޅ.އޮޅުވެލިފުށީ ކައުންސިލް އިދާރާގެ ސެމިނަރ ރޫމް

03 މާރިޗް 2024

10:45

2

ބީލަން ހުށަހެޅުން

ޅ.އޮޅުވެލިފުށީ ކައުންސިލް އިދާރާގެ ސެމިނަރ ރޫމް (ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 (އެކެއް) އަންދާސީހިސާބެވެ.)

05 މާރިޗް 2024 (އަންގާރަ)

11:00

 

      އަންދާސީ ހިސާބު ހުށައެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. 03 މާރިޗް 2024 ވާ އާދީއްތަ ދުވަހު ބޭއްވޭ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުުމުގެ ފުރުސަތު އޮންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް މައުލޫމާތު ސެޝަންއަށް ވަޑާގަންނަވާ ފަރާތްތަކަށް ލިބިގެންދާނެއެވެ. އަދި ބީލަމުގައި ރަޖިސްޓުރީނުވާ ފަރާތް ތަކުން ބީލަން ހުށަހެޅުމުގައި ބައިވެރިނުވެވޭނެއެވެ. ވީމާ، މިކަން އަންގާ އިޢުލާން ކުރީމެވެ.

                                         28 ފެބްރުއަރީ 2024

28 ފެބުރުވަރީ 2024
ހޯދާ