މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިކޯޕަރޭޝަންގެ ފަރާތުން 1436ހ. ވަނަ އަހަރުގެ ރަމަޟާންމަހު ކުރާ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދެއްވާނެ މީހުން، ތިރީގައި މި ދަންނަވާ މަޤާމުތަކަށް ބޭނުންވެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމު:

އިމާމުގެ ނާއިބު

އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު

  • ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ ޢިލްމުގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  • ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވުމާއެކު އެކަމުގެ ޢަމަލީ ތަޖުރިބާލިބިފައިވުން.
  • ޙައްޖު ދަތުރުގައި އެހީތެރިއެއްގެ ގޮތުގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތް ކޮށްފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކަނޑައެޅޭ ތާވަލާއި އެއްގޮތަށް މުޢުތަމިރުންނަށް ދީނީ ދަރުސް ދިނުން.
  • ދީނީ އެކި ކަންކަން އޮޅުން ފިލުވަން އަންނަ ފަރާތްތަކަށް މަޢުލޫމާތާއި އިރުޝާދު ދިނުން.
  • ޢުމްރާގެ އަޅުކަމާއި ގުޅޭ އެންމެހާ ކަންކަމުގައި ޖަމާޢަތުގެ އިމާމާއެކު އިސްދައުރެއް އަދާކުރުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމު:

އެހީތެރިޔާ (އަންހެން)

އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު:

  • ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން މަދުވެގެން 3 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • 45 އަހަރުން މަތީގެ މީހެއް ކަމުގައިވުން.
  • މައްކާ، މަދީނާ، މިނާ އަދި ޢަރަފާތުގައި ޙާޖީންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • އަޅުކަމުގެ ކަންކަމުގައި އަންހެން މުޢުތަމިރުންނާއެކު ހަރަކާތްތެރިވުން.
  • އެހީތެރިކަން ބޭނުންވާ އަންހެން މުޢުތަމިރުން ޙަރަމްފުޅަށް ގެންގޮސް ގެނެސްހެދުމުގައި އެހީތެރިވެދިނުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަންއަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • މިވަޒީފާއަށް މީހުން ހޮވުމުގައި ޢަރަބި ބަހުން މުޢާމަލާތު ކުރަން އެނގޭ ފަރާތްތަކާއި، އިދާރީ މަސައްކަތްތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު:

ބޮޑު ކައްކާ

އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު:

  • މައްކާ، މަދީނާ އަދި މިނާގައި ދިވެހި ޙާޖީންނަށް ކައްކާ ކާންދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
  • ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއުންތަކާއި މިޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގޭ މީހަކު ކަމުގައިވުން.
  • ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު ގިނަ އަދަދެއްގެ ބަޔަކަށް ކައްކާ ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ރޯދަ ވިއްލާ ގަޑިއާއި، ތަރާވީސް ދަމަށް އަދި ހާރު ގަޑިއަށް ބޭނުންވާނެ ކެއުން ތައްޔާރުކުރުން.
  • ކާގަޑިތަކަށް ތަށި މަތި ތައްޔާރު ކުރުވުމާއި އެހީތެރިންގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބެލުން.
  • ކާ ގަޑިތަކުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
  • ކެއްކުމުގައާއި ކާން ތައްޔާރުކުރުމުގެ މަސައްކަތްތަކުގައި އުޅޭ އެހީތެރިންގެ މަސައްކަތްތައް ބެލެހެއްޓުން.

މަޤާމު:

ކައްކާ

އަދަދު:

02

ފެންވަރު ނުވަތަ ޝަރުޠު:

  • މައްކާ، މަދީނާ އަދި މިނާގައި ދިވެހި ޙާޖީންނަށް ކައްކާ ކާންދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން.
  • ދިވެހީންނަށް ކަމުދާގޮތަށް ދިވެހި ކެއްކުންތަކާއި މިޒަމާނުގައި އާންމުކޮށް ބޭނުންކޮށްއުޅޭ ކާނާގެ ބާވަތްތައް ތައްޔާރު ކުރަން އެނގޭ މީހަކު ކަމުގައިވުން.
  • ކެއްކުމުގެ ހުނަރު ލިބިފައިވުމާއެކު ގިނަ އަދަދެއްގެ ބަޔަކަށް ކައްކާ ކާންދިނުމުގެ ތަޖުރިބާ ލިބިފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ރޯދަ ވިއްލާ ގަޑިއާއި، ތަރާވީސް ދަމަށް އަދި ހާރު ގަޑިއަށް ބޭނުންވާނެ ކެއުން ތައްޔާރުކުރުން.
  • ކާ ގަޑިތަކުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުން.
  • ބަދިގޭގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

މަޤާމު:

ވެއިޓަރުން

އަދަދު:

02

ފެންވަރު ނުވަތަ ޝަރުޠު

  • ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ގަޑިން ގަޑިއަށް ކާންހެދުމާއި ކާގަޑިތަކުގައި ތަށިމަތި ބެލެހެއްޓުން.
  • ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން.
  • ކެއްކުމުގެ އެންމެހާ ކަމެއްގައި ކައްކާއިންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ކައި ނިމުމުން ތަށިތައް ނަގާ ދޮވެ ސާފުކުރުމުގައި ބައިވެރިވުން.

މަޤާމު:

ބަދިގޭ އެހީތެރިޔާ

އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު:

  • ބަދިގޭގެ މަސައްކަތްތަކުގައި އުޅެ ތަޖުރިބާ ލިބިފައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ކައިނިމުމުން ތަށިތައް ނެގުމާއި ދޮވެ ސާފުކުރުން.
  • ކެއްކުމާއި ކާން ހެދުމުގެ އެންމެހާ ކަމެއްގައި ބައިވެރިވުން.

މަޤާމު:

ޑޮކްޓަރު

އަދަދު:

01

ފެންވަރު ނުވަތަ ޝަރުޠު

  • މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވުމާއެކު ދިވެހިރާއްޖޭގައި ބޭސް ކުރުމުގެ ހުއްދަ ލިބިފައިވާ މީހަކު ކަމުގައިވުން.    
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ސިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުން
  • ޢަރަބި ނުވަތަ އިނގިރޭސި ބަހުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.
  • އުމްރާ ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުން.

މަޤާމު:

ނަރުސް (އަންހެން)

އަދަދު:

02

މަސްއޫލިއްޔަތު:

  • ޙާޖީންގެ ތެރެއިން ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުމުގައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.
  • އުމްރާ ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތުގައި ބައިވެރިވުން.

ފެންވަރު ނުވަތަ ޝަރުޠު

  • ނަރުސް ކަމުގެ ސަނަދުއޮތުމާއެކު މޯލްޑިވްސް ބޯޑް އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.
  • ދިވެހިރާއްޖެއިން ޙައްޖާއި ޢުމްރާއަށް މީހުން ގެންގޮސް ހަދާފައިވާ ޖަމާޢަތެއްގައި ނުވަތަ ކުންފުންޏެއްގައި ޙާޖީންނަށް ސިއްޙީ ފަރުވާ ދިނުމުގެ މަސައްކަތްކޮށް މަދުވެގެން 1 އަހަރު ދުވަހު މަސައްކަތްކޮށްފައިވާ މީހަކު ކަމުގައިވުން
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ޤާބިލުކަން ހުރުން.
  • އިނގިރޭސީ، ޢަރަބި، ނުވަތަ އުރުދޫ، މިއިން ކޮންމެވެސް ބަހަކުން މުޢާމަލާތު ކުރަން އެނގޭ މީހަކު ކަމުގައިވުން.

މަސްއޫލިއްޔަތު:

  • ޙާޖީންނަށް ދިމާވާ ޞިއްޙީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ޞިއްޙީ އިރުޝާދު ދިނުމުގައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްޙީ ކަންކަމުގައި ޙާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.
  • އުމްރާ ދަތުރުގައި ޞިއްޙީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މީގެ ކުރީން ޙައްޖަށް ނުވަތަ ޢުމްރާއަށް ގޮސްފައިވާކަން އަންގައިދޭ ލިޔުމެއް.

ސުން ގަޑި:

30 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމުތަކަށް މީހުން ހޮވުމުގައި ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތައް މިކޯޕަރޭޝަންގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އަމީނީމަގު، 20379

މާލެ، ދިވެހިރާއްޖެ

14 އޭޕްރިލް 2015
ހޯދާ