މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި ވުޒާރާގެ ޕީ.އެމް.ޔޫ މުވައްޒަފުން ތިބޭ އޭރިޔާ ޑިޒައިންކޮށް ފަރުނީޗަރ ސަޕްލައިކުރުން

މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2023/63 (21 ފެބްރުވަރީ 2024) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

            މި މިނިސްޓްރީން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ވުޒާރާގެ ފަސްވަނަ ފަންގިފިލާ ޑިޒައިންކޮށް ފަރުނީޗަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ އަންދާސީ ހިސާބު ހުށަހެޅުން، ތިރީގައި ދެންނެވިފައިވާ ތާރީޚަށް ބަދަލުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:     05 މާރިޗު 2024، 13:30 އަށް

ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

28 ފެބުރުވަރީ 2024
ހޯދާ