ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަކާއި އިޖްތިމާއީ ސަރަހައްދު ކުނިކަހާ ސާފުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

މި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ރަށުގެ ބަނދަރުމަގު ދެކުނަށް އަލަށް ހެދި މަގު، އަމިއްލަ ތަކެތި ބޭނުންކޮށްގެން , 16 މާރިޗް 2024 އިން ފެށިގެން 25 އޮކްޓޯބަރ 2024 ގެ ނިޔަލަށް،  ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 29 ފެބްރުއަރީ 2024 އިން 05 މާރޗް 2024 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އާއި ދެމެދުއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭނީ މިއިދާރާއަށް ވަޑައިގެން ނުވަތަ މެއިލްކޮށްގެނެވެ. ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 50/- (ފަންސާސް ރުފިޔާ) ގެ ނޮން-ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. މެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މެއިލް ކުރައްވާނީ [email protected] އަށެވެ.

ރަޖިސްޓަރ ކުރެއްވުމަށް މެއިލްގައި ހިމަނަންޖެހޭ / މިއިދާރާއަށް ވަޑައިގެން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު:

1-   އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)

2-   ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން

3-   ގުޅޭނެ ފޯނު ނަންބަރު

4-   އީމެއިލް އެޑްރެސް

5-   މެއިލް ފޮނުވާ ފަރާތް / އިދާރާއަށް ވަޑައިގަންނަވާ ފަރާތުގެ ނަމާއި ޙައިސިއްޔަތު

 

  • ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއެއް މެއިލްގައި އެޓޭޗްކުރަންވާނެއެވެ. އަދި، މި އިދާރާއަށް ވަޑައިގެން ރަޖިސްޓްރީވާނަމަ، މި އިދާރާއަށް ހުށަހަޅުއްވަން ވާނެއެވެ.

 

އަންދާސީ ހިސާބު ބަލައިގަތުމާއި ހުޅުވުން އޮންނާނީ 10 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ހދ.ފިނޭ ކައުންސިލު އިދާރާގައެވެ.

އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު ކުންފުނީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ އެފަރާތުގެ ފުރިހަމަ މައުލޫމާތު ހިމެނޭ ކުންފުނީގެ ވެރިފަރާތުގެ ސިޓީއާއި އަންނަ ފަރާތުގެ އައި.ޑީ.ކާރޑް ސާފުކޮޕީއެއް  ގެންނަންވާނެއެވެ.

 

އަންދާސީ ހިސާބުތައް ހުންނަންވާނީ، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ގަޑި، އަދި އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.

 ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނޭ ގޮތުގެ ތަފްޞީލާއި، އެހެނިހެން މަޢުލޫމާތު ބިޑް ޑޮކިއުމެންޓްގައި ހިމެނިފައިވާނެ އެވެ. އަދި ސާފުކުރަންޖެހޭ ސަރަހައްދުތައް އަންގައިދޭ ކުރެހުން މިއިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް، [email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ 6520027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

28 ފެބުރުވަރީ 2024
ހޯދާ