ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމިޓީގެ ދަފްތަރެއް އެކުލަވާލުމާއިގުޅޭ

 ނަންބަރު:B7C-A/2024/5                         

އިޢުލާން

 

އަގުކޮމެޓީގެ ދަފްތަރެއް އެކުލަވާލުމާއި ގުޅޭ

 

           މިކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި މިކޯޓުގައި އަގުކޮމެޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

v     މަސައްކަތް : މިކޯޓުގައި ހިނގާ މައްސަލަތަކާއިގުޅިގެން އެވަގުތަކު އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުން.

v     ބޭނުންވާ ޢަދަދު : 03 (ތިނެއް)

v     މަސައްކަތުގެ އުޖޫރަ : އަގުކުރުމުގެ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/300 (ތިންސަތޭކަ) ރުފިޔާ.

v    ޝަރުޠު : ރާއްޖޭގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މަދުވެގެން ކޮންމެވެސް އެއްދާއިރާއެއްގެ ހުނަރާއި މަޢުލޫމާތު ހުރިފަރާތެއްކަމުގައި ވުމާއިއެކު މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

               ވީމާ މިކޮމެޓީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި، އައިޑީ ކާޑުގެ ކޮޕީ އާއި، ވަނަވަރު 10 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

28 ފެބުރުވަރީ 2024
ހޯދާ