ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024" ގެ ފަނޑިޔާރުކަން ކޮށްދިނުމުގެ ފުރުޞަތު

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަށް ހުށަހަޅާ ޑްރާމާތައް ފަނޑިޔާރުކަން ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ފަނޑިޔާރުން ހޮވުމުގައި ބަލާނީ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށެވެ. އަދި މިމުބާރާތަށް ހުށަހަޅާ ޑްރާމާއެއްގެ އެއްވެސް މަސައްކަތެއްގައި އުޅެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. ފަނޑިޔާރުކަން ކޮށްދިނުމަށް ހަމަޖެހިފައިވާ ކެޓަގެރީތައް ތިރީގައި އެވަނީއެވެ.

 

-          ޑްރާމާ

-          ޑައިރެކްޓިންގ

-          އެކްޓިންގ

-          ސްކްރީންޕްލޭ

-          ސިނަމެޓޮގްރަފީ

-          އެޑިޓިންގ

 

ވީމާ، މިމުބާރާތުގެ ފަނޑިޔާރުކަންކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 މާޗް 2024 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިސެންޓަރަށް ޕްރޮފައިލް އާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3310729 އާއި ގުޅުއްވުން އެދެމެވެ.

28 ފެބުރުވަރީ 2024
ހޯދާ