ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ، އެޑްމިނިސްޓްރޭޓިވް އޮފިސަރ، އެކައުންޓްސް އޮފިސަރ، ޓެކްނީޝަން، މެއިންޓެނެންސް އޮފިސަރ (ހއ.ތުރާކުނު ބްރާންޗް)

ނަންބަރު:FNK/A/IUL/2024/31   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ހއ.ތުރާކުނު ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމްތަކަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

އެސިސްޓެންޓް މެނޭޖަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

އެޗް.އާރް ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް

ޑިޕާޓްމަންޓް:

ހއ.ތުރާކުނު ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

5350ރ. (ފަސްހާސް ތިންސަތޭކަ ފަންސާސް ރުފިޔާ)

އަސާސީ މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުން، ނުވަތަ

(ށ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިއުމާއިއެކު، އެމް.އެސް 1 ރޭންކުގެ ޝަރުތު ފުރިހަމަވެ އެރޭންކުގައި މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ)  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތު ކޮށްދިނުމާއިއެކު، އެމް. އެސް 2 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން،

(ބ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • އޮފީހަށް ލިބޭ ސިޓީ ފަދަ ތަކެއްޗައް އަޅަންޖެހޭ ފިޔަވަޅު އޮފީސް ހިންގަވަންހުނަ ވެރިއެއްގެ މަޝްވަރާގެ ދަށުން އަޅަމުން ގެންދިއުން.
  • އިންޖީނުގެއިން ފޮނުވަންޖެހޭ ހުރިހައި  ރިޕޯޓްތަކެއް ފޮނުވަންޖެހޭ  ފަރާތްތަކަށް ފޮނުވުމާއި، އޮފީހުގެ ފަރާތުން ފޮނުވަންޖެހޭ ސިޓީ މެސެޖް ފަދަ ތަކެތި ކަމާއިބެހޭ މުވައްޒަފުންލައްވާ ތައްޔާރުކޮށް ފޮނުވަމުން ގެންދިއުން.
  • އާންމުން އަދި އެހެނިހެން ފަރާތްތަކުން އިންޖީނުގެއަށް  ހުށައަޅާ ތަފާތު  މައްސަލަތައް އެވަގުތަކު އޮފީސް ހިންގަވަންހުރި ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.  
  • ރަށުގެ ކުރިއެރުމާއި  ތަރައްޤީއާއި ގުޅޭ ގޮތުން ކުންފުނިން  ފޯރުކޮށްދޭ  ޚިދުމަތްތައް ފުޅާކުރުމަށް  ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް އޮފީސް ހިންގުމާއި ޙަވާލުވެ ހުންނެވި ވެރިއެއްގެ ލަފާގެމަތީން ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
  • އިންޖީނުގެ ހިންގުމާއި ޙަވާލުވެ ހުންނެވި  ވެރިއެއްގެ ލަފާމަތީން ރަށުގެ  ރައްޔިތުންނާއި އެހެނިހެން  ފަރާތްތަކަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • އިންޖީނުގެއާއި އޮފީސް ހިންގުމާބެހޭ ހުރިހާކަމެއް ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ރާވާ ހިންގުމާއި އެކަންކަން ހިގާނުހިގާ ގޮތް ބެލެހެއްޓުން.
  • މުވައްޒަފުންގެ ޚިޔާލުހޯދުމަށް އާންމުގޮތެއްގައި މަހަކު އެއްފަހަރު މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވާ މުވައްޒަފުންގެ މަޝްވަރާހޯދުމާއި، އޮފީސް ހިންގަވަން ހުންނަވާ ވެރިއެއްގެ ލަފާމަތީން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދިނުން.
  • އިންޖީނުގެ ހިންގުމަށް ދުވަހުން ދުވަހަށް ނިންމަންޖެހޭ ކަންކަމުގައި  އެހެން މުވައްޒަފުންނަށް އެހިތެރިވުމާއި އިންޖީނުގެއިން ޖަވާބުދާރީ ވާންޖެހޭ ފެކްސް ، ސިޓީ ،މެއިލްއަށް އޮފީސް ހިންގަން ހުންނަ ވެރިއެއްގެ ލަފާމަތީން ޖަވާބުދާރީ ވަމުން ގެންދިއުން.
  • ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ  ބައްދަލުވުމުގެ  ޔައުމިއްޔާ  ކުންފުނީގެ ހެޑް އޮފީހަށް ފޮނުވާ ދިމާވާ ދަތިތައް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ކަމާއިބެހޭ ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  • އޮފީހުގައި ބޭނުންކުރަމުން ގެންދާ އެންމެހާ އިކުއިޕްމަންޓްތައް ރަނގަޅަށް  މެއިންޓެއިން ކުރަމުން  ގެންދޭތޯ ބަލައި ޗެކްކުރުމާއި، އެކަންކަން މުވައްޒަފުން ލައްވާ ކުރުވުން.
  • އިދާރީ މުވައްޒަފަކު ޗުއްޓީނަންގަވާފި ނަމަ އެމުވައްފެއްގެ މަސައްކަތް އޮފީހުން އަންގާގޮތެއްގެ މަތީން ކުރަމުން ގެންދިއުން.
  • އޮފީހުގެ ލިޔެކިއުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން އަދި ލިޔެކިއުންތައް  ފަސޭހައިން ހޯދޭނެ ފަދަ ގޮތަކަށް ދުވަހުން ދުވަހަށް ފައިލްކުރަމުން ގެންދިއުމަށް އެހީތެރިވުމާއި، އެކަންކަން ބަލާޗެކު ކުރަމުން ގެންދިއުން.
  • ކުރިއަށްއޮންނަ އަހަރަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކާއި  ގުޅޭގޮތުން ބޭނުންވާ  ކަންކަން ބަލާ  އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް އޮފީސް ހިންގަވަން ހުންނަ ވެރިއެއްގެ ލަފާމަތީން މަސައްކަތްކުރުން.
  • ޢާންމުކޮށް އޮފީހުގެ ހުރިހާ މަސައްކަތެއްގައި ، ޙާއްސަކޮށް ކަސްޓަމަރުންނަށް  ފޯރުކޮށްދޭ ޙިދުމަތްތަކުގެ  ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  • ކަސްޓަމަރ ސާރވިސްގެ މަސައްކަތާއި، ފައިސާގެ  މަސައްކަތްތަކާއި، އަދި އިދާރީ  އެންމެހައި  މަސައްކަތް ތަކުގައި  ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  • އިންޖީނުގެއިން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހެދުމަށް މުވައްޒަފުންލައްވާ މަސައްކަތް ކުރުމާއި، އަދި އެރިޕޯރޓްތައް  ހެދުމަށް ޢަމަލީގޮތުން ބައިވެރިވެ، ރިޕޯރޓްތައް ފޮނުވަންޖެހޭ ތާރީޚަށް ކަމާއިބެހޭ ޑިޕާރޓްމެންޓަކަށް ފޮނުވުމަށް މަސައްކަތް ކުރުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

01 (އެކެއް)   

ބޭނުންވާ އަދަދު:

އެޗް.އާރް ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް

ޑިޕާޓްމަންޓް:

ހއ.ތުރާކުނު ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ޙާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ބ) ބިލިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، ރީޑިންގ ނެގުމުގެ މަސައްކަތްތައް ކުރެވޭނެ މީހަކު ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • އިންޖީނުގެއަށް އަންނަ ހުރިހާ ލިޔެކިޔުންތަށް އެންޓްރީ ކުރުމާއި  ކަމާބެހޭ މުވައްޒަފުންނަށް  ޙަވާލް ކުރުމާއި، ދުވަހުން ދުވަހަށް ފައިލްކުރަން ޖެހޭ ޑޮކިޔުމަންޓްތައް ފައިލްކުރުން.
  • އިންޖީނުގެ ހިންގުމަށް ދުވަހުން ދުވަހަށް ނިންމަންޖެހޭކަންކަމުގައި އެހެން  މުވައްޒަފުންނަށް  އެހިތެރިވުމާއި އިންޖީނުގެއިން ޖަވާބުދާރީ ވާންޖެހޭ ފެކްސް ، ސިޓީ ، މެއިލްއަށް ޖަވާބުދާރީވުން.
  • ބްރާންޗްގެ ފަރާތުން ބާއްވާ ބައްދަލުވުންތައް ރޭވުމާއި ބައްދަލުވުން ތަކުގެ ޔައުމިއްޔާ ލިޔުން.
  • މުވައްޒަފުންނަށް އެގެންޖެހޭ ފެނަކަ ކޯރޕަރޭޝަން ލިމިޓެޑްގެ  އެންގުންތަކާއި،  ސަރުކާރުގެ ދެންނެވުމާއި،  އެފަދަ އާއްމު އެންގުންތައް، ބްރާންޗްގެ ހިންގުމާއި ހަވާލުވެހުންނަވާ ފަރާތުގެ އިރުޝާދުގެ ދަށުން ހުރިހާ މުވައްޒަފުންނަށް އެންގުން.
  • ކުރިއަށްއޮންނަ އަހަރަށް އިންޖީނުގެއަށް ބޭނުންވާ ކަންކަން ބަލާ އެފަދަކަންކަން ބަޖެޓްގައި ހިމެނުމަށްޓަކައި  ޕްރޮޕޯޒަލް ތައްޔާރުކޮށް ހުށަހެޅުމާއި އެކަން ކުރުމަށް މަސައްކަތްކުރުން.
  • ދިމާވާ ބޮޑެތި ކަންކަމުގައި މުވައްޒަފުންގެ ޚިޔާލުހޯދުމާއި، އާންމުގޮތެއްގައި މަހަކު އެއްފަހަރު މުވައްޒަފުންގެ ބައްދަލުވުމެއް ބާއްވާ މުވައްޒަފުންގެ މަޝްވަރާހޯދުމާއި، މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދިނުން.
  • ކޮންމެ މަހަކު ބޭއްވޭ މުވައްޒަފުންގެ  ބައްދަލުވުމުގެ  ޔައުމިއްޔާ ކުންފުނީގެ ހެޑް  އޮފީހަށް ފޮނުވާ ދިމާވާ ދަތިތައް ރިޕޯޓެއްގެ ގޮތުގައި ހުށަހަޅާ އެކަންތައްތައް ހައްލުކުރުމަށް ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  • ބްރާންޗުން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތިން ކަރަންޓްގެ ޚިދުމަތްދޭ ތަންތަނުގެ މީޓަރ ރީޑިންގ ނެގުން.
  • އޮފީހުގެ ބޭނުންތަކުގައި އެހެނިހެން ފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހާ ލިޔެކިޔުންތައް، ކުންފުނީގެ މަޝްވަރާއާއެކު ދުވަހުން ދުވަހަށް ފޮނުވަމުން ގެންދިޔުމާއި އަދި އެފަދަ ލިޔެކިޔުންތަކަށް އެފަރާތްތަކުގެ ޖަވާބު ހޯދުމަށް މަސައްކަތް ކުރުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

އެކައުންޓްސް އޮފިސަރ

މަޤާމް:

01 (އެކެއް)   

ބޭނުންވާ އަދަދު:

އެޗް.އާރް ބިލިންގ، ސޭލްސް ކަލެކްޝަން އެންޑް ކްރެޑިޓް ކޮންޓްރޯލް

ޑިޕާޓްމަންޓް:

ހއ.ތުރާކުނު ބްރާންޗް

މަސައްކަތް ކުރާތަން:

4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ޙާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ބ) ބިލިންގ އާއި ގުޅުންހުރި މަސައްކަތްތަކާއި، ރީޑިންގ ނެގުމުގެ މަސައްކަތްތައް ކުރެވޭނެ މީހަކު ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތީން އޮފީސް ހުޅުވައި ބަންދުކުރުން.
  • އިލެކްޓްރިކް ފީ އާއި، މަސައްކަތައް ހަދާބިލް އަދި ތަކެތި ވިއްކުމަށް ހަދާ ބިލާއި، އެހެނިހެން ގޮތްގޮތުންލިބެންވާ ފައިސާ ބަލައިގަތުމާއި، ހަމަޖެހިފައިވާ ގޮތުގެ މަތިން އެފައިސާ ތިޖޫރީގައި ރައްކާކޮށް ބެހެއްޓުމާއި ތިޖޫރީ ރިޕޯރޓް ހެދުން.
  • ބޭންކް ހުންނަ ރަށެއްނަމަ ލިބޭފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުމާއި، ބޭންކް ނުހުންނަ ރަށެއްނަމަ މަދުވެގެން މަހަކު އެއްފަހަރު ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވާތަނަކަށް ފައިސާޖަމާކުރުން ( މޯބައިލް ބޭންކުގެ ޚިދުމަތްލިބޭ ރަށްރަށުގައި ބޭންކް ދޯނި އަންނަ ދުވަހު ތަނުގައި ހުރި އާމްދަނީގެ ހުރިހާ ފައިސާ ބޭންކަށް ޖަމާކުރުމަށް ހަވާލުކުރަންވާނެއެވެ. )
  • ފައިސާ ބަލައިގަތުމަށްފަހު އެދުވަހެއްގެ ރިޕޯރޓްތަށް ނަގައި ދުވަހުފޮތާއި އަދި މަހުގައި ލިބުނު ފައިސާގެ ތަފްސީލް ފޮތާއި، އަދި ފައިސާއާއިބެހޭ އެހެނިހެން ފޮތްތައް ފުރިހަމަ ކުރަމުން ގެންދިއުން.
  • ބިލިންގ ޕްރޮގްރާމުން ނަގާ ފައިސާގެ ރިޕޯރޓްތަކާއި އަދި އާމްދަނީ ފައިސާއާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ފަރުވާތެރިކަމާއެކު ތަރުތީބުން ބެލެހެއްޓުމާއި، ފައިސާއާއިބެހޭ ހުރިހާ ރިޕޯރޓްތަކެއް ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ތައްޔާރުކޮށް ކަމާބެހޭ ޑިޕާރޓްމަންޓަށް ފޮނުވަމުން ގެންދިއުން.
  • މުވައްޒަފުންނަށް ލިބެންވާފައިސާގެ ތަފާތު ރިޕޯރޓްތަކާއި، ޕޭމަންޓް ވައުޗަރ ހެދުމާއި، އަދި އިދާރީ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • ފައިސާ ނުލިބިހުރި ބިލްތަކުގެ ފައިސާ ހޯދުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް އެވަގުތަކުއޮފީސް ހިންގުމާއި ހަވާލްވެހުންނެވި މުވައްޒަފަކާއި ގުޅިގެންކުރުން.
  • އެކައުންޓަށް ޖަމާކުރާ ފައިސާގެ ހިސާބުތައް އެކައުންޓްބާކީ ފޮތްތަށްނަގައި ހިސާބުތަށް ބަލަހައްޓަމުން ގެންދިއުމާއި ކޮންމެ މަހެއް ނިމުމުން ބޭންކް ސްޓޭޓްމަންޓް ހޯދުމަށްފަހު އެކައުންޓްބާކީ އާއި އަޅާކިޔާ ދިމާވާ މައްސަލަތައް ހައްލުކުރުން.
  • ބިލިންގ ސިސްޓަމް ކޮމްޕިޔުޓަރައިޒް ކޮށްފާވާނަމަ ސިސްޓަމް މެދުވެރިކޮށް ފައިސާ ބަލައިގަނެ ޤަވާއިދުން ޕޭމަންޓް އެންޓްރީ ހަދައި ޖާނަލް ފުރިހަމަ ކުރުމަށްފަހު ކަމާބެހޭ އެހެން މުވައްޒަފުންނާއި ގުޅިގެން ދުވަހުން ދުވަހަށް ހިސާބުތައް ޗެކްކޮށް ނިންމުމާއި، މާލެއަށް ބަލައިގަންނަ ފައިސާގެ ތަފްސީލް ލިބުމުން އެދުވަހަކަށް ޕޭމަންޓް އެންޓްރީ ހަދައި ޖާނަލް ފުރިހަމަކުރުން.
  • ފައިސާ ނުދައްކާ ހުންނަ ބިލުތަކަށް ފައިސާ ހޯދުމަށް ރެޑްނޯޓް ފޮނުވުމާއި، ރެޑްނޯޓްގެ މުއްދަތު ހަމަވުމުންވެސް ފައިސާ ނުދައްކަވާނަމަ ކަމާބެހޭ މުވައްޒަފުންނާއި ގުޅިގެން އެތަނަކުން ކަރަންޓް ކަނޑާލުމަށް ކުރައްޖެހޭ މަސައްކަތްތައް ކުރުން.
  • ފައިސާގެ ރަސީދު ފޮތްތަކާއި، އަދި އާމްދަނީ ފައިސާއާއި ބެހޭ އެންމެހާ ލިޔެކިއުންތައް ފަރުވާތެރިކަމާއެކު ތަރުތީބުން ބެލެހެއްޓުމާއި، ފައިސާ އާއިބެހޭ ހުރިހާ ރިޕޯރޓްތަކެއް ތައްޔާރުކުރުން.
  • ކޮންމެ އަހަރަކަށްވެސް ތައްޔާރުކުރާ ބްރާންޗްގެ ބަޖެޓް ތައްޔާރުކުރުމަށް ހޯދަންޖެހޭ މަޢުލޫމާތުތައް ހޯދައި ބަޖެޓް ހެދުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  • ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކަރަންޓްގެ ޚިދުމަތްދޭ ހުރިހައި ތަނަކުން މީޓަރ ރީޑިންގ ނެގުން.
  • ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން ކޮންމެމަހެއްގެ ވެސް ކަރަންޓް ބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
  • އިންޖީނުރޫމްގައި ޑިއުޓީ ކުރާނެ މުވައްޒަފެއް ނެތިގެން އެވަގުތަކު އޮފީސް ހިންގަވަން ހުންނަ ވެރިއަކު އެދިއްޖެނަމަ އިންޖީނުރޫމްގައި ޑިއުޓީ ކުރުން.
  • އިދާރީ މުވައްޒަފަކު ޗުއްޓީނަގާފިނަމަ އެމުވައްޒަފެއްގެ މަސައްކަތް އޮފީހުން އަންގާގޮތެއްގެ މަތީން ކުރަމުން ގެންދިއުން.
  • ބަޖެޓްކުރެވިފައިވާ ޚަރަދުތައް ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  • ކުންފުނީގެ އެކިއެކި ބްރާންޗް ތަކަށާއި، އެކިއެކި ޑިޕާޓްމަންޓް ތަކަށް ފޮނުވޭ ލިޔެކިޔުންތަކާއި، ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކުރުމާއިއެކު އެތަކެތި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެ ގޮތައް ފައިލްކޮށް ބެލެހެއްޓުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

ޓެކްނީޝަން

މަޤާމް:

01 (އެކެއް)         

ބޭނުންވާ އަދަދު:

ޔުޓިލިޓީ ސަރވިސަސް / ވޯޓަރ

ޑިޕާޓްމަންޓް:

ހއ.ތުރާކުނު ބްރާންޗް

މަސައްކަތް ކުރާތަން:

4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤަބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ފެން ޕްލާންޓް ރޫމް އަދި ކޮންޓްރޯލް ރޫމްގެ ސަލާމަތީ ކަންތައްތައް ހުރީ ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ރަނގަޅަށް މަސައްކަތް ކުރެވޭފަދަ ހާލަތެއްގައިތޯ ޗެކްކުރުން (މިގޮތުން ސޭފްޓީގެ ގޮތުގައި ބޭނުންކުރަންޖެހޭ ހުރިހާ ސާމާނެއް އެމުވައްޒަފަކު ބޭނުން ކުރަން ޖެހޭނެއެވެ.)
  • ފެން ޕްލާންޓުން ފެން ހެދުމަށް ލޮނު ނެގުމަށް ބޭނުންކުރުމަށް މޫދުގައި ބެހެއްޓިފައިވާ ބީޗްވެލް (ވަޅު ބުރި) ނުވަތަ ބޯހޯލް (ބިމު އަޑިން ތޮރުފައިގެން ފެން ނަގައި ވަޅު) ބަލައި ޗެކްކުރުން.
  • ފެން ޕްލާންޓަށް ލޮނު ވެއްދުމަށް ބޭނުންކުރާ ފިލްޓަރުތައް ވަގުތު ޖެހުމުން ސާފުކުރުމާއި ބަދަލުކުރަން ޖެހުމުން ބަދަލުކުރުން.
  • ފެން ޕްލާންޓުން ފެން ހެދުން ހުއްޓާލަން ޖެހިއްޖެ ހާލަތެއްގައި ރީތިފެނުން ޕްލާންޓް ދޮވުމާއި އަދި އެއްދުވަހަށް ވުރެ ދިގުމުއްދަތަކަށް ހުއްޓާލަން ޖެހޭނަމަ ކެމިކަލުން ޕްލާންޓް ދޮވުން.
  • ފެން ޕްލާންޓްއިން އުފައްދާ ބޯފެނުގެ ފެންވަރު (ކޮލިޓީ) ބަލައި ޗެކްކުރުން އަދި ފެނުގެ ފެންވަރު (ކޮލިޓީ) ބުއިމަށް ބޭނުން ކުރާ ވަރަށް ވުރެ ދަށްވެއްޖެނަމަ ވީ އެންމެ އަވަހަކަށް ސްޕަވައިޒަރަށް އެންގުން. 
  • ފެން ރައްކާކުރާ ސްޓޯރޭޖް ޓޭންކް ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ރަނގަޅަށް ބަލައި ޗެކްކުރުން، މިގޮތުން ތާނގީގެ އެއްވެސް ތަނަކުން ފެން ލީކުވޭތޯ ބެލުމާއި ޓޭންކުގެ މަތިތައް ހުރީ ރަނގަޅަށް ޖެހިފައިތޯ ބަލައި ޗެކްކުރުން.
  • ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބެލުމާއި، ކުރީ ޝިފްޓުން ޑިއުޓީ ރިޕޯޓުގައި މައްސަލައެއް ނޯޓްކޮށްފައިވޭތޯ ބެލުމާއި، އެހެނިހެން ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި ޚިލާފުކަމެއް ދިމާވެފައިވާނަމަ، ދެންހަވާލުވާ ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
  • ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށާއި، އަދި ޝިފްޓް  ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކުރުން.
  • ޑިއުޓީގައި ދިމާވާ މައްސަލަތައް، އިސްމުވައްޒަފުންނަށް އަންގާ އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ޝިފްޓް ޑިއުޓީ ކުރުމާއި، ފެން ޕްލާންޓްތައް ހިންގާ އަދި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓުން.
  • ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނެންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތައް ކުރުން. މިގޮތުން ފެން ޕްލާންޓަށް ބޭނުންކުރާ އިންޖީނުގެ އަޑީތެޔޮ ބަދަލުކުރުން، ފިލްޓަރުތައް ބަދަލުކުރުން، ޑީސަލް ޓޭންކުގެ ޑީސަލް ހަމަތޯ ބެލުމާއި، ބެޓްރީތަކުގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރުން، ޑައިނަމޯ ސަރވިސްކުރުން، އަލިފާންނިވާ ފުޅިތަށް ހުރިނަމަ ފޮހެ ސާފުކޮށް، މުއްދަތު ހަމަވޭތޯބަލާ ޗެކްކުރުމަށްފަހު ކަމާއިބެހޭ ޑިޕާޓްމަންޓަށް އެންގުން. އަދި ޑީކާރބަނައިޒް ކުރުމާއި އޯވަރހޯލް ކުރުމަށް އޮންނަ ޤަވާއިދުން އެކަންތަށް ކުރުން.
  • ފެން ޕްލާންޓްގެ ޖަނަރޭޓަރު ހިންގާފައި ހުންނަ ވަގުތުތަކުގައި ލޮގް ނަގާ ލޮގްޝީޓްތައް ފުރިހަމަކޮށް، ލޯޑްގްރާފް ކުރަހާ، ރެކޯޑްތައް ޗެކްކޮށް ބެލެހެއްޓުން.
  • ފެން ޕްލާންޓް އިމާރާތް ދޫކޮށްފައި ދާންޖެހިއްޖެ ޙާލަތެއްގައި ސުޕަވައިޒަރަށް އަންގާ އެހެން މުވައްޒަފެއް އައުމުން މެނުވީ ސްޓޭޝަން ދޫކޮށްފައި ނުދިޔުން.
  • ޑިއުޓީގައި ތަނަކުން ފެނުގެ ޚިދުމަތް ކެނޑިގެން އަންގައިފިނަމަ، އެކަމެއް ހައްލުކުރުމާއި އަމިއްލައަށް ރަނގަޅުނުކުރެވޭވަރުގެ ކަމެއްނަމަ، އިސްމުވައްޒަފުންނާއި ގުޅިގެން އެކަމެއް ހައްލުކޮށްދިނުމަށް މަސައްކަތްކުރުން.
  • ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން  ފެނުގެ ޚިދުމަތްދޭ ހުރިހައި ތަނަކުން މީޓަރ ރީޑިންގ ނެގުން.
  • ކުންފުނިން ހަމަޖައްސަވާފައި އޮންނަ އުސޫލެއްގެ މަތީން  ކޮންމެމަހެއްގެ ވެސް ފެން ބިލްތައް ކަސްޓަމަރުންނާ ޙަވާލުކުރުން.
  • ގޭގޭގެ ފެން މީޓަރ ރީޑިންގ ނަގަމުންދާއިރު ޤަވާޢިދާ ޚިލާފަށް ފެން ބޭނުންކުރާ ފަރާތެއް ފެނޭތޯ މަސައްކަތް ކުރުމާއި، މިގޮތުން ޝައްކު ކުރެވޭ ތަންތަނުގެ މައްސަލަ ލަސްނުކޮށް ކަމާބެހޭ މުވައްޒަފުންނަށް ހުށަހަޅައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ފެނުގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • ފެން ޕްލާންޓުގައި ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • ފެން ޕްލާންޓް ހިންގުމަށް ބޭނުންކުރާ ޖަނަރޭޓަރަށް ބޭނުންވާ ޑީސަލްއުފުލުމާއި އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
  • ފެނުގެ ޑިސްޓްރިބިއުޝަން ނެޓްވޯރކް މަރާމާތުކުރުމާއި، އަޕްގްރޭޑް  ކުރުމުގެ ގޮތުން  ކުރަންޖެހޭ  މަސައްކަތްތައް  ކުރުމާއި، ތަނުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ކުރުން.
  • ފެން ޕްލާންޓްގެ ގޯތިތެރެއާއި ގޯތިން ބޭރުގައިހުރި ފެން ޕްލާންޓްގެ އެންމެހާ ތަންތަނާއި ތަކެތި ސާފުކޮށް ކުލައާއިދަވާދުލުމާއި މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ކަރަންޓްގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
  • ޓެކްނިކަލް ގޮތުން ހަދަންޖެހޭ ހުރިހައި   ރިޕޯރޓްތަކެއް  ހަދައި ކޮންމެ  މީލާދީ މަހެއްގެ 10 ވަނަދުވަހުގެ  ކުރިން ފޮނުވަންޖެހޭ  ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.
  • ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކާއި، ފާހަގަ ކުރަމުންއަންނަ ދުވަސްތަކާއި، ޤައުމަށް ދިމާވެދާނެ ކާރިޘާ ފަދަ ކަންކަމުގައި ކުންފުނީގެ ފަރާތުން މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއިއެކު އެއްބާރުލުން ދިނުން.
  • ކުންފުނީގެ އެކިއެކި ބްރާންޗް ތަކަށާއި، އެކިއެކި ޑިޕާޓްމަންޓް ތަކަށް ފޮނުވޭ ލިޔެކިޔުންތަކާއި، ޑިޕާޓްމަންޓަށް ލިބޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލްކުރުމާއިއެކު އެތަކެތި ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނާނެ ގޮތައް ފައިލްކޮށް ބެލެހެއްޓުން.
  • މުވައްޒަފުންނާ ގުޅޭގޮތުން ކުންފުނިން ހެދިފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމާއި، އެޤަވާޢިދު ތަކަށް ހުރުމަތްތެރިކޮށް ހިތުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.

މަޤާމުގެ މަސައްކަތްތައް:

ޓެކްނީޝަން

މަޤާމް:

01 (އެކެއް)         

ބޭނުންވާ އަދަދު:

ޔުޓިލިޓީ ސަރވިސަސް / ސްވަރޭޖް 

ޑިޕާޓްމަންޓް:

ހއ.ތުރާކުނު ބްރާންޗް

މަސައްކަތް ކުރާތަން:

4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ބ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤަބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ޕަމްޕް ސްޓޭޝަންތައް ބެލެހެއްޓުން.
  • މަގުމަތީގައި ހުންނަ މެއިންހޯލްތައް ސާފުކޮށް ބެލެހެއްޓުން.
  • ގޭގޭގައި ހުންނަ ޖަންގްޝަންތައް ޗެކުކޮށް ބެލެހެއްޓުން.
  • ޑިއުޓީއާއި ޙަވާލުވުމުގެ ކުރިން، ކުރީ ޝިފްޓްގައި އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބެލުމާއި، ކުރީ ޝިފްޓުން ޑިއުޓީ ރިޕޯޓުގައި މައްސަލައެއް ނޯޓްކޮށްފައިވޭތޯ ބެލުމާއި، އެހެނިހެން ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި ޑިއުޓީގައި އާދަޔާއި ޚިލާފުކަމެއް ދިމާވެފައިވާނަމަ، ދެންހަވާލުވާ ޝިފްޓަށް އެކަމެއް އޮޅުން ފިލުވައިދިނުމާއި އެކަމެއް ވަކިގޮތަކަށް ނިމެންދެން މަސައްކަތް ކުރުން.
  • ޑިއުޓީ ބަދަލުވާއިރު ޑިއުޓީ ޗެކްލިސްޓް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށާއި، އަދި ޝިފްޓް  ޑިއުޓީ ހިނގާދިޔަ ގޮތުގެ މައްޗަށް ޑިއުޓީ ރިޕޯރޓް ތައްޔާރުކުރުން.
  • ޑިއުޓީގައި ދިމާވާ މައްސަލަތައް، އިސްމުވައްޒަފުންނަށް އަންގާ އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ޝިފްޓް ޑިއުޓީ ކުރުމާއި، އަދި އެހެނިހެން ޓޫލްސްއާއި އިކްއިޕްމަންޓްސް ކަނޑައެޅިފައިވާ އުޞޫލުން ބެލެހެއްޓުން.
  • ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ސްވަރޭޖްގެ ޚިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • ޓެކްނިކަލް ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތްކުރުން.
  • ސްވަރޭޖްގެ ގޯތިތެރެއާއި ގޯތިން ބޭރުގައި ހުރި އެންމެހާ ތަންތަނާއި ތަކެތި ސާފުކޮށް ކުލައާއި، ދަވާދުލުމާއި އަދި މަރާމާތުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • ކުންފުނިން އަންގާ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ކުންފުނީގެ ޤަދަރު ހިފެހެއްޓޭނެ ގޮތަށް މަސައްކަތްކުރުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.
  • ކުންފުނީގެ މަސްލަހަތާއި ރައްޔިތުންގެ މަސްލަހަތަށް އެންމެ މަންފާކުރަނިވި ގޮތަކަށް އަމަލުތައް ބެހެއްޓުމާއި، ހުރިހާ މުވައްޒަފުންގެ މެދުގައި ހަމަޖެހުމައި އެކުވެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.
  • ކުންފުނީގައި އިސްކޮށް ތިއްބަވާ މުވައްޒަފުން އަންގަވާ އޮފީހުގެ މަސައްކަތްތައް ކުރުމާއި، އޮފީހުގެ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމާއިއެކު އެހީތެރިވެ ދިނުން.
  • ސްވަރޭޖްގެ ޚިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ނިޒާމް އެންމެފުރިހަމަގޮތުގައި  ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކަނޑައެޅިފައިވާ އުޞޫލުން ކުރުން.
  • ރަށުގެ ކުރިއެރުމާއި ތަރައްޤީއާއި ގުޅޭ ގޮތުން ސްވަރޭޖްގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާއިބެހޭ ޑިޕާރޓްމަންޓަށް ހުށައެޅުން.
  • ޓެކްނިކަލް ގޮތުން ހަދަންޖެހޭ ހުރިހައި ރިޕޯރޓްތަކެއް ހަދައި ކޮންމެ މީލާދީ މަހެއްގެ 10 ވަނަދުވަހުގެ ކުރިން ފޮނުވަންޖެހޭ ޑިޕާރޓްމެންޓް ތަކަށް ފޮނުވުން.
  • ޓެކްނީޝަނުންނަށްވުރެ މަތީގެ މުވައްޒަފުން އަންގާ ކުންފުނީގެ މަސައްކަތްތައް ކުރުން.
  • ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކާއި، ފާހަގަ ކުރަމުންއަންނަ ދުވަސްތަކާއި، ޤައުމަށް ދިމާވެދާނެ ކާރިޘާ ފަދަ ކަންކަމުގައި ކުންފުނީގެ ފަރާތުން މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއިއެކު އެއްބާރުލުން ދިނުން.
  • މުވައްޒަފުންނާ ގުޅޭގޮތުން ކުންފުނިން ހެދިފައިވާ އެންމެހައި ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލުކުރަމުން ގެންދިއުމާއި، އެޤަވާޢިދު ތަކަށް ހުރުމަތްތެރިކޮށް ހިތުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.

މަޤާމުގެ މަސައްކަތްތައް:

މެއިންޓެނެންސް އޮފިސަރ

މަޤާމު:

01 (އެކެއް)

ބޭނުންވާ އަދަދު:

ބިލްޑިންގ މެއިންޓެނެންސް

ޑިޕާޓްމަންޓް:

ހއ.ތުރާކުނު ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

4850ރ. (ހަތަރުހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

މުސާރައާއި އިނާޔަތްތައް:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ޙާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ ވަކިވަކި ދާއިރާތަކުގެ އޮނިގަނޑު ތަކުގައި އެ ދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ރ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ބ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • އޮފީހުގެ ފަރާތުން އެހެނިހެން އިދާރާތަކަށް ފޮނުވާ ސިޓީއާއި އެހެނިހެން ލިޔެކިއުންތައް، އޮފީހުގެ ޤަވާޢިދުގެ ދަށުން އެފަރާތްތަކާއި ޙަވާލުކުރުން.
  • އިންޖީނުގެ އާއި އޮފީސް  ޢިމާރާތާއި  ބެލެހެއްޓުމަށްޓަކައި  ކުރެވެން ހުންނަ  ކުދިކުދި މަސައްކަތްތަކާއި  ކުދިކުދި  މަރާމާތުތައް ( މިސާލަކަށް ފްލަޝް ޓޭންކް،  ފެންއިސްކުރުން  ލީކުވާނަމަ އެކަމެއް  ރަނގަޅުކުރުންފަދަ ) ކުރެވެން ހުރިވަރަކުން،  ވެރީންގެ އިރުޝާދުގެ   މަތީން ކުރަމުން ގެންދިއުން.
  • އޮފީސް ޢިމާރާތުގެ ފާރުތަކާއި،  ވަށާފާރު  ސާފުކޮށް  ބެލެހެއްޓުމާއި،  އެފަދަ ތަންތާގައި  ކުލަލުމުގެ  މަސައްކަތުގައި، ވެރީން  އަންގާ އުޞޫލެއްގެ މަތީން ބައިވެރިވުން.
  • އެކިއެކި ބައްދަލުވުންތަކަށް ނުވަތަ އޮފީހަށް  ޒިޔާރަތްކުރައްވާ  ބޭފުޅުންނަށް  މެހުމާންދާރީ  އަދާކުރުމުގައި އޮފީހުގެ ވެރިން  އަންގާގޮތެއްގެ މަތިން ކަންކަން އިންތިޒާމްކުރުމުގައި އެހީތެރިވެ ދިނުން.
  • އޮފީސް ޢިމާރާތާއި ގޯތިތެރެ ރީތިކުރުމަށްޓަކައި ގަސްއިންދުމާއި އިންދާފައިހުންނަ ގަސްތަކަށް ފެންދީ، ގަސްކޮށައި ބެލެހެއްޓުން.
  • އޮފީހުގެ ބޭނުމަށް  އޮފީހުން ހޯދާ އިދާރީ ތަކެތި،  ސްޓޭޝަނަރީ އަދި  މިނޫންވެސް  ޚިދުމަތާއި ތަކެތި، އޮފީހުގެ ވެރިން  އަންގާ  ގޮތެއްގެމަތީން، ރަށުގެ ފިހާރަތަކުން އަގުހޯދުމާއި، އެފަދަ ތަކެތި ނުވަތަ ޙިދުމަތް ހޯދުމުގައި އެހީތެރިވެދިނުން.
  • ކަރަންޓްބިލާއި އަދި އޮފީހުން  ކަސްޓަމަރުންނަށް  ޙަވާލުކުރާ  އެހެނިހެން   ލިޔެކިއުންތައް  އޮފީހުން  އަންގާ  ޤަވާޢިދެއްގެ މަތީން  އެފަރާތްތަކާއި ޙަވާލުކުރުން.
  • ޚިދުމަތް ކަނޑާލުމުގެ ކުރީން އަންގާ އެންގުންތައް އެފަރާތްތަކަށް ރައްދުކޮށްދިނުން.
  • އިންޖީނުގޭގައި ޑިއުޓީކުރަންޖެހިއްޖެނަމަ، ފަރުވާތެރިކަމާއި މުރާލިކަމާއިއެކު ޑިއުޓީ އަދާކުރުން.
  • އޮފީހުގެ ބޮޑެތި މަސައްކަތްތައް (މިސާލަކަށް އޮފީސް ޢިމާރާތް އެހެން ޢިމާރާތަކަށް  ބަދަލުކުރުންފަދަ) ހިނގަމުންދާ  ގަޑިތަކުގައި އޮފީހުގެ ވެރީން އަންގާގޮތުގެ މަތީން ވިއެންމެ މަތީ ދަރަޖައަކަށް އެ މަސައްކަތުގައި ބައިވެރިވުން. ( މީގެތެރޭގައި އިންޖީނު  ޑިކާބަނައިސް، އޯވަހޯލް ކުރުންފަދަ ޓެކްނިކަލް މަސައްކަތްތައް ވެސް ހިމެނެއެވެ. )
  • އޮފީހުން އުކާލަންޖެހޭ އެންމެހާ ކުނިބުނި ރައްކާތެރިކަމާއެކު، އެ ރަށެއްގައި ކަނޑައެޅިފައި އޮންނަ ޤަވާޢިދެއްގެ ދަށުން ނައްތާލަމުން ގެންދިއުން.
  • އޮފީސް ސާފްކޮށް ބެލެހެއްޓުމުގައި ޙަރަކާތްތެރިވާ އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްތައް ރޭވުން.
  • އޮފީހުގެ އެންމެހާ މުވައްޒަފުންނާއި ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން.
  • އޮފީހުގެ އެންމެހާ ތަކެއްޗަށް ރައްކާތެރިވުމާއި، އެތަކެތި ރައްކާތެރިކޮށް ބެލެހެއްޓުން.
  • ކުންފުނިން އަންގާ ކޮންމެ މަސައްކަތެއް ކުރުމުގައިވެސް ކުންފުނީގެ ޤަދަރު ހިފެހެއްޓޭނެ ގޮތަށް މަސައްކަތްކުރަމުން ގެންދިއުން.
  • އޮފީހާއި ނުގުޅޭ އެއްވެސް ފަރާތަކުން، އޮފީހުގެ މުދަލަށް ގެއްލުންދީ ހަލާކުކުރަމުން ގެންދާތަން ފެނިއްޖެނަމަ ނުވަތަ އެފަދަ ކަމެއް މީހަކު ކުރަން އުޅޭކަން އެނގިއްޖެނަމަ އެކަމެއް ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެކަމެއް އޮފީހުގެ ވެރީންނަށް ވީ އެންމެ އަވަހަކަށް ރިޕޯރޓްކުރުން.
  • އަދި މީގެ އިތުރުން ވެސް ވަޒީފާއި ގުޅުންހުރި އޮފީހުގެ ވެރީން އަންގާ ތަނުގެ އެހެނިހެން މަސައްކަތްތައް ކުރުން.
  • ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކާއި، ފާހަގަ ކުރަމުންއަންނަ ދުވަސްތަކާއި، ޤައުމަށް ދިމާވެދާނެ ހާރިޘާ ފަދަ ކަންކަމުގައި ކުންފުނީގެ ފަރާތުން މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއެކު އެއްބާރުލުން ދިނުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހއ.ތުރާކުނު ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 04 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

 

17 ޝަޢުބާން 1445

27 ފެބްރުއަރީ 2024

 

27 ފެބުރުވަރީ 2024
ހޯދާ