މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

   މި އޮތޯރިޓީގެ ނަންބަރު IL/2024/6525 (10 ޖަނަވަރީ 2024 ) އިޢުލާން އަށް ޙަވާލާދީ ދަންނަވަމެވެ.

   1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖައްސާފައި ވުމާއެކު، ޢާންމުންނަށާއި ބޭންކުތަކަށް ޚިދުމަތް ދިނުމަށް މި އޮތޯރިޓީ މިހާރު ހުޅުވާފައި ހުންނާނީ ތިރީގައި މިވާ ދުވަސްތަކުގައެވެ.

  • 31 މާރިޗު 2024 (އާދީއްތަ)
  • 1 އެޕްރީލް 2024 (ހޯމަ)
  • 7 އެޕްރީލް 2024 (އާދީއްތަ)
  • 8 އެޕްރީލް 2024 (ހޯމަ)

   1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ 2 އިން 19 އަށާއި، މަތީގައި ބަޔާން ކޮށްފައިވާ 4 ދުވަސް އަދި  ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު މިއޮތޯރިޓީ ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށެވެ. އަދި، ބޭންކިންގެ ޚިދުމަތްތަކާއި، ސިޓީއާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަނިވި ގަނޑިތަކުގައެވެ.

 · ބޭންކިންގޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން މެންދުރު 12:00 އަށް. ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

  • ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 09:30 އިން މެންދުރު 12:00 އަށް.

   މި އިޢުލާނާ އެކު މި އޮތޯރިޓީގެ ނަންބަރު IL/2024/6525 (10 ޖަނަވަރީ 2024) އިޢުލާން ވަނީ ބާތިލުކުރެވިފައެވެ.

   ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ފެބުރުވަރީ 2024
ހޯދާ