މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ރިސާލާ ޕްރޮގްރާމްގެ ދަށުން 1445 ވަނަ އަހަރުގެ ރަމަޟާންމަހު މީޑިއާއާއި، އޮންލައިން މީޑިއާގައި ދީނީ ކޮންޓެންޓް ހިމެނުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

ރިސާލާ ޕްރޮގްރާމްގެ ދަށުން 1445 ވަނަ އަހަރުގެ ރަމަޟާންމަހު ދީނީ ކޮންޓެންޓް ހިމެނުމަށްޓަކައި އޮންލައިން މީޑިއާތަކަށް ފުރުޞަތު ހުޅުވާލުމަށް ކުރެވުނު ނަންބަރު:(IUL)142-A1/142/2024/50 އިޢުލާން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މީޑިއާއާއި، އޮންލައިން މީޑިއާ ހިންގާފަރާތްތަކަށެވެ.     

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއި އެޓޭޗް ކުރެވިފައިވާނެއެވެ.

 ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2024 މާރިޗް 1 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. 

https://forms.office.com/r/ZZhdWENuMi

 އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 މާރިޗް 07 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2024 މާރިޗް 03 ވާ އާދީއްތަ ދުވަހުގެ 14:00 ކުރިން [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

27 ފެބުރުވަރީ 2024
ހޯދާ