ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ވަޒީފާއަށް ކުރިމަތިލުމުގެ ފުރުޞަތު

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ނަންބަރު IUL/480/2024/14 (7 ފެބްރުވަރީ 2024) އިޢުލާނުން ހުޅުވާލެވުނު ތިރީގައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ ތިރީގައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުންހުޅުވައިލަމެވެ. އިސްވެ ދެންނެވުނު ނަންބަރު އިޢުލާނާއި ގުޅިގެން ފޯމު ހުށަހެޅުއްވި ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މަޤާމު:

ޑެޕިއުޓީ ޖެނެރަލް ކައުންސެލް

ބޭނުންވާ ޢަދަދު:

1

މުއްދަތު:

1 އަހަރު (މަސައްކަތުގެ ފެންވަރު ބަލައި މުއްދަތު އިތުރުކުރެވޭނެއެވެ.)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ ބާ ކައުންސިލް

މުސާރައާއި އިނާޔަތް:

(ބޭސިކް ޓޭކް-ހޯމް ޕޭ)

-/31,100 ރުފިޔާ

މަޤާމުގެ ހައިޘިއްޔަތުން ލިބޭ މުސާރައާއި ޢިނާޔަތްތައް:

- މި އެލަވަންސްތަކުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، މަސައްކަތާއި ގުޅޭގޮތުން ދެވޭ އެހެނިހެން އެލަވެންސް، ރަމަޟާން އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.

އަސާސީ ޝަރުޠުތައް:

- ދިވެހި ރައްޔިތެއް ކަމުގައިވުން؛

- ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާޞިލްކޮށްފައިވުމުގެ އިތުރުން؛

- ޤާނޫނީ ދާއިރާގައި މަސައްކަތްކުރުމުގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

- މީގެ ތެރެއިން 1 އަހަރު ދުވަހަކީ ހިންގުމުގެ އިސް މަޤާމެއްގައި ހުރި މުއްދަތަކަށްވުން؛

- ޖިނާތުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛ އަދި

- ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އެފެދޭފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

  1. ޤާނޫނު ނަންބަރު 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށާއި، ދާއިމީ ސަބްކޮމިޓީތަކުގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމަށް ބޭނުންވާ ޤަނޫނީ ލަފާދިނުން؛
  2. ޝަރުއީ ކޯޓުތަކާއި ޓްރައިބިއުނަލްތަކަށް އަދި މިނޫންވެސް ތަންތަނަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖޭގެ ބާ ކައުންސިލް ތަމްސީލްކުރުން؛
  3. ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒުކުރުމާއި ބާ ކައުންސިލާ ގުޅުންހުރި އެންމެހައި ޤާނޫނީ ކަންކަމުގައި ބާ ކައުންސިލަށް އެކި ގޮތްގޮތުން ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމާއި، ޤާނޫނީ އެކިއެކި ދިރާސާތައް ކުރުމާއި، މި ނޫންވެސް މަޤާމުގެ ޙައިޞިއްޔަތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  4. މުވައްޒަފުންނާ ޙަވާލުކުރެވޭ ޤާނޫނީ މަސައްކަތްތައް ފުރިހަމަކުރަމުންދާކަން ކަށަވަރުކުރުމާއި މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން؛
  5. ކައުންސިލުގެ ޑިޕާޓްމަންޓް /ޑިވިޜަން/ ސެކްޝަން ހިންގުމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކާ ޙަވާލުވާން ޖެހިއްޖެ ޙާލަތެއްގައި އެ ޒިންމާ އަދާކުރުމަށް ޤާނޫނީ މުވައްޒަފުންނަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމާއި، އެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގާ ބެލެހެއްޓުން؛ އަދި
  6. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ބާ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  1. ބާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު.
  2. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ވަޒީފާއަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއެކު ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ގޮތަށް).
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  4. މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ.
  5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތައް (މަޤާމުގެ ނަމާއި، ރޭންކް، ނުވަތަ ކްލެސިފިކޭޝަން) އެނގޭ ގޮތަށް، އަދި އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ އެ އޮފީހެއްގެ ލިޔުން.
  6. މަޤާމަށް ކުރިމަތިލައްވާ ފަރާތުގެ މަސައްކަތްތަކާމެދު ދެކޭ ގޮތުގެ މައުލޫމާތު ހޯދުމަށް، އެމީހަކު އެންމެ ފަހުން ސުޕަވައިޒްކުރި 2 ރެފްރީއެއްގެ ނަމާއި، ހައިސިއްޔަތު އެނގޭނެ ގޮތަށް އެބޭފުޅުންގެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް (ސުޕްވައިޒަރަކީ މަދުވެގެން 1 އަހަރަށްވުރެ ކުރުނޫން މުއްދަތެއްގައި ސުޕަވައިޒްކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.)
  7. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވިދިޔަ މީހުންކުރެ މީހަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރެ، ކުރިމަތިލާ މީހާ ހޮވިއްޖެނަމަ، އެ ހުރި މީހަކު އިސްތިއުފާ ދިނުމަށް އެއްބަސްވާ ކަމުގެ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ކަނޑައެޅުމުގައި ބެލޭނެ ކަންކަން

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމުގައި ދާއިރާގެ ތަޖުރިބާ ލިބިފައިވާ މިންވަރަށާއި، މަސައްކަތުގެ ފެންވަރަށާއި، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 އިތުރު މަޢުލޫމާތު

- މިމަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތް ކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތް ކުރާ އޮފީހަކުން އެމީހެއްގެ މަޢުލޫމާތު (ހާޒިރީ ރިޕޯޓް، އިސްލާޙީ ފިޔަވަޅު، ޕާރފޯމެންސް އެޕްރެއިޒަލް) ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެ މަޢުލޫމާތާއި އެމީހަކާ ގުޅޭ ގޮތުން ކުށާއި ދަރަނީގެ ރެކޯޑް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ސާފުކުރުމަށް އިޢުތިރާޒު ނުކުރާނަމައެވެ.

- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސްކްރީންކުރުމުގެ މަރުޙަލާ (ޓެސްޓު/ އިންޓަވިޔު/ ޕްރެޒެންޓޭޝަން)އަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. 

- މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުން ޓެސްޓެއް ހަދަންޖެހޭނަމަ ނުވަތަ ޕްރެޒެންޓޭޝަނެއް ހުށަހަޅަންޖެހޭނަމަ، އެކަމާ ގުޅޭ މަޢުލޫމާތު ޝޯޓްލިސްޓްވާ ފަރާތްތަކަށް އީ-މެއިލް މެދުވެރިކޮށް އަންގާނެއެވެ.

- ސްކްރީން ކުރުމުގެ މަރުޙަލާގައި ޝަރުޠު ހަމަވާކަމަށް ކަނޑައަޅާ ފަރާތްތަކުގެ ތެރެއިން، މިމަޤާމަށް މީހަކު ހޮވުމުގެ ކްރައިޓީރިއާގައި ހިމެނޭ އެއްވެސް މަރުޙަލާއެއް ފުރިހަމަ ނުކުރާ ފަރާތްތައް، އެ މަރުޙަލާއެއް ފުރިހަމަ ނުކުރި ހިސާބުން އެ މަޤާމަށް އައުމުގެ ފުރުޞަތު ގެއްލޭނެއެވެ.

- މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސް ދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ.

ސުންގަޑި:

10 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ ކުރިން

މަޤާމަށް އެދެންވީ ގޮތް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ތިރީގައިވާ ބާ ކައުންސިލްގެ އީމެއިލް އެޑްރެހަށެވެ.

[email protected]

އީމެއިލް ކުރައްވާއިރު، ހުރިހާ ލިޔެކިޔުމެއް ހުންނަންވާނީ 1 ޑޮކިއުމެންޓެއް ގޮތުގައި ޕީ.ޑީ.އެފް ކުރެވިފައެވެ.

27 ފެބުރުވަރީ 2024
ހޯދާ