ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ-ލީގަލް

މިޓްރައިބިއުނަލަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ-ލީގަލް

މަޤާމް ނަންބަރު:

TAT-121

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް މެނޭޖަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ލީގަލް، ރިޕޯޓިންގ އެންޑް ކޭސް މެނޭޖްމެންޓް  ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ: -/10,000  ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/4,000 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: -/3,500 ރުފިޔާ

- ސާރވިސް އެލަވެންސް: -/170 (ވަޒީފާއަށް ނިކުންނަ ރަސްމީ ދުވަހަކަށް)

- ޓްރައިބިއުނަލުގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އުޞޫލުން، އިތުރު ގަޑީގެ ފައިސާ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކޭސް މުރަޖައާ އުސޫލުގެ ދަށުން މައްސަލަތަކާބެހޭ އެންމެހައި މަސައްކަތްތަކާއި ކޭސް ރިވިއު ޓީމުތަކުގެ މަސައްކަތްތައް ރާވައި ބަލަހައްޓައި، ކޭސް ރިވިއު ޓީމުތަކަށް އެހީތެރިވެދިނުން؛
  2. ކޭސް ރިވިއު ޓީމެއް، ނުވަތަ ޓީމުތަކުގެ ސުޕަރވައިޒަރގެ ހައިސިއްޔަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން؛
  3. ޓްރައިބިއުނަލަށް ރަޖިސްޓްރީވާ މައްސަލަތަކުގެ ކޭސް އޮފިސަރާއި އެސިސްޓަންޓް އޮފިސަރ އެސައިންކުރުން؛
  4. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ރަޖިސްޓްރާރއަށް ހުށަހަޅަންޖެހޭ ޕްރީ އެނެލިސިސް ރިޕޯޓް އެކުލަވާލުމުގައި އެސެސްމަންޓް ސެކްޝަންގެ ވެރިޔާ ނުވަތަ ކަމާބެހޭ މުވައްޒަފާއެކު މަސައްކަތްކޮށް ރިޕޯޓު ތައްޔާރުކުރުން؛
  5. ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ރާވައި ހިންގުމާއި، އެ މައްސަލަތަކާ ގުޅޭ ރެކޯޑް ބެލެހެއްޓުމާއި އެކަމުގެ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުން.
  6. މައްސަލަތަކާ ގުޅިގެން ހާޒިރުވުމަށް އަންގާ އެންގުން ރައްދުކުރަންޖެހޭ ފަރާތްތަކަށް އެ އެންގުން ފޮނުވުމުގެ އިންތިޒާމް އަދި މީހުން ޙާޟިރުކުރުމުގެ ކަންކަން ބަލަހައްޓާ، މޮނިޓަރ ކުރުން.
  7. ނިންމާ މައްސަލަތަކުގެ ރިޕޯޓްތައް ޓްރައިބިއުނަލުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  8. ބެންޗުގެ ރިޔާސަތުން އަންގާ ގޮތެއްގެ މަތީން މައްސަލަތައް ޝެޑިއުލް ކުރުމާއި،  މައްސަލައެއް ކުރިއަށް ގެންދިޔުމުގެ އިންތިޒާމުތައް ރާވައި ހިންގުމާ އެކަންކަން ބެލެހެއްޓުން؛ 
  9. ލީގަލް ސެކްޝަންގެ ފަރާތުން ޓްރައިބިއުނަލްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޝާއިޢުކުރަންޖެހޭ ޕޯސްޓްތައް ތައްޔާރުކުރުމުގެ ކަންކަން ބެލެހެއްޓުމާއި ޝާއިޢުކުރުމުގެ މަސައްކަތްތައް ކުރުން.
  10. މައްސަލަތަކުގެ ނިންމުންތައް ޓެކްސް އެޕީލް ޓްރައިބިއުނަލު ގަވާއިދާ އެއްގޮތަށް ޝާއިއު ކުރުމުގެ ކަންކަން ބެލެހެއްޓުން؛
  11. ލީގަލް ސެކްޝަނުގެ މުވައްޒަފުން ސުޕަރވައިޒްކުރުމާއި އެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
  12. ޓްރައިބިއުނަލުން ބަލަމުން ގެންދާ މައްސަލަތަކުގެ އަޑުއެހުންތައް ނިމުމުން، ދެ ޚަޞްމުން ދެއްކި ވާހަކަތަކުގެ ނުކުތާތައް އެކުލަވާލުމުގެ މަސައްކަތްތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  13. މައްސަލަތައް ކުރައަށްދާ ގޮތް ބެލެހެއްޓުމާއި (މައްސަލައިގެ ސްޓޭޓަސް) އަދި ޓްރައިބިއުނަލުގެ މައްސަލަތަކާގުޅޭ ތަފާސްހިސާބުތަކަށް ބޭނުންވާ މައުލޫމާތު ގަވާއިދުން ރެކޯޑުކޮށް ބެލެހެއްޓުން؛
  14. ޓެކްސް ދައްކާ ފަރާތުގެ ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް މީރާގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ޕްރޮސެސްކުރުން؛
  15. ޓެކްސް ދައްކާ ފަރާތެއްގެ އޮޑިޓަކާ ގުޅިގެން އޮޑިޓްކުރާ މުއްދަތު އިތުރުކުރުމަށް މީރާގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ޕްރޮސެސްކުރުން؛
  16. ޓްރައިބިއުނަލްގެ ރަޖިސްޓްރަރގެ ނިންމުންތައް މުރާޖައާކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ޕްރޮސެސްކުރުން.
  17. ކޯޓުގައި ނުވަތަ އެނޫންވެސް ތަނެއްގައި ޓްރައިބިއުނަލް ތަމްސީލުކުރަންޖެހޭ ހާލަތްތަކުގައި ޓްރައިބިއުނަލް ތަމްސީލުކުރުން
  18. ޓްރައިބިއުނަލުގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން ސެކްޝަން ވެރިއެއްގެ ހައިސައްޔަތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.

މަޤާމަށް ބޭނުންވާ ފެންވަރު ނުވަތަ ޝަރުތު

  1. ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން / ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ،

  2.  ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން / ޤާނޫނީ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، އެ ދާއިރާއިން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލުގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ހިމެނިފައެވެ. އަދި މި ޓްރައިބިއުނަލުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެނގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ).
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރެއިން ވަނަވަރު ފިޔަވައި އެހެން ލިޔުންތަކުގައި "އަސްލާ އެއްގޮތް"ކަން ބަޔާންކޮށް ޤާނޫނީ ވަކީލަކު ތައްގަނޑު ޖަހަންވާނެއެވެ.
  8. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން (ތަޖުރިބާގެ ލިޔުންތަކަށް ޕޮއިންޓްދިނުމުގައި ބެލޭނީ ތިރީގައިވާ ކަންތައްތައް ފުރިހަމަވެފައިވާ ލިޔުންތަކަށެވެ.)

(ހ) އެތަނެއްގެ ލެޓަރހެޑުގައި ތައްޔާރު ކުރެވިފައިވާ ލިޔުމަކަށްވުން.

(ށ) އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، މަޤާމުގެ މައިގަނޑު މަސައްކަތްތައް ހިމެނިފައިވުން.

(ނ) ވަޒީފާ އަދާކުރި މުއްދަތު.

(ރ) ވަޒީފާ އަދާކުރިތަނުގެ ވެރިއެއްގެ ސޮޔާއި ތައްގަނޑު. (ތައްގަނޑު ހިމެނިފައިވާނަމަ ސޮއި ނެތްނަމަވެސް ޕޮއިންޓް ދެވޭނެއެވެ).

ޝޯޓް ލިސްޓް ކުރުން

މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީންކޮށްނިމޭއިރު މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ  ޢަދަދު 6 އަށްވުރެގިނަނަމަ ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިހާނު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 12 މާރިޗް 2024 އާއި 21 މާރިޗް 2024 އާ ދެމެދެ މި ޓްރައިބިއުނަލުގައެވެ.   

އެހެނިހެން މަޢުލޫމާތު

-  މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، ރަސްމީގަޑީގައި ނަންބަރު 3015555 ފޯނަށެވެ.  

ވަޒީފާއަށް އެދި ފޯމް ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަސްމީ ދުވަހެއް ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.            

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ސުންގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 2 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލުގެ [email protected] އަށް މެއިލްކުރުން. މެއިލްކުރާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ.

(މެއިލް ކުރުމަށްފަހު އޮފީހަށް މެއިލް ލިބުނުކަން ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ)

 

2024 މާރިޗް 04ވަނަ ދުވަހުގެ

 13:00 ގެ ކުރިން

27 ފެބުރުވަރީ 2024
ހޯދާ