މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ދަށުން 8 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

( ޕްރޮޖެކްޓް ނަންބަރު: TES/2022/W-058-R02)

 

1. ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ އެހީގައި ހިންގަމުންދާ ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ދަށުން 8 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ ގޮތަށް ލޮޓް ތަކަށް ބަހާލެވިގެންނެވެ.

ލޮޓް ނަންބަރު

ރަށް

ޕްރޮޖެކްޓް ބިޑް ސެކިއުރިޓީ

 (ދިވެހި ރުފިޔާ އިން)

ލޮޓް 4

ވ. ކެޔޮދޫ އަދި ވ. ރަކީދޫ

40,000.00

ލޮޓް 5

އދ. މަހިބަދޫ އަދި އދ. ހަންޏާމީދޫ

60,000.00

ލޮޓް 6

އއ. ހިމަންދޫ އަދި އއ. ފެރިދޫ

55,000.00

ލޮޓް 7

އއ. ތޮއްޑޫ

30,000.00

ލޮޓް 8

ކ. ކާށިދޫ

30,000.00

2. ވީމާ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް 12 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީއިން ކުރި ނަންބަރު (IUL)13-K/13/2023/171 އިޢުލާނާ ގުޅިގެން ލޮޓް 4،5،6،7 އަދި 8އަށް ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކޮށް، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. އިންޓަރނޭޝަނަލް ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެއެވެ. ނަމަވެސް "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔެކިއުންތައް ބީލަމާއެކު ހުށަހަޅަން ވާނެއެވެ. އަދި "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދާ"އި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީގެ ދަށުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަވާނެކަން ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.

4. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެއެވެ.

5. މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/500 (ފަސްސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 2024 ފެބުރުވަރީ 28 އިން 2024 މާރިޗު 25އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 އަށް (ރަމަޟާން މަހު: 09:30 އިން 13:00) އަށް ، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv)  މެދުވެރި ކޮށެވެ. އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވާނަމަ ޖަމާ ކުރައްވަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު މަތީގައިވާ އީމެއިލް އެޑްރެހަށް ރިކުއެސްޓް ކުރުމުން ޙިއްސާ ކުރެވޭނެއެވެ. އަދިފައިސާ ދެއްކެވުމަށްފަހު އަންނަނިވި މަޢުލޫމާތު މި އިޢުލާނުގެ 10ވަނަ ނަންބަރުގައިވާ އެޑްރެހަށް ހުށަހެޅުމުން ނުވަތަ އީމެއިލް ކުރެއްވުމުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް
  • ބީލަމާއި ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯނު ނަންބަރު
  • ފައިސާ ދެއްކި ކަމުގެ ރަސީދު ނުވަތަ ޓްރާންސެކްޝަން ސްލިޕްގެ ކޮޕީ

6. މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް  www.finance.gov.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ވެބްސައިޓުން ލިބެން ހުރިކަން ޔަޤީންކުރުމާއި، އެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

7. ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ އޮންލައިންކޮށް ކަމަށްވުމުން ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާނަމަ، 2024 މާރިޗު 05ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިކަމަށްއެދި އީ-މެއިލް ކުރަންވާނެއެވެ. އީ-މެއިލް ކުރައްވާ ފަރާތްތަކަށް ބައިވެރިވުމުގެ ލިންކް ފޯރުކޮށްދެވޭނެއެވެ. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ބިޑިންގް ޑޮކިއުމަންޓްގެ އައި.ޓީ.ބީ މާއްދާ 7.1 އާއި އެއްގޮތަށް ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

8. މިޕްރޮޖެކްޓުތަކުގެ ބިޑް ސެކިޔުރިޓީ މި އިޢުލާނުގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޢަދަދަށް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

9. ބީލަން ހުޅުވުން އޮންނާނީ 2024 މާރިޗު 27ވާ ބުދަ ދުވަހުގެ 11:00:00ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

10. މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފާޠިމަތު ރިޝްފާ އަޙްމަދު،

ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް،

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، 203792، ދިވެހިރާއްޖެ،

ފޯން   : (+960) 3349319، (+960) 3349106،(+960) 3349147

އީމެއިލް  : [email protected]

ކޮޕީ   : [email protected]

27 ފެބުރުވަރީ 2024
ހޯދާ