ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ފުރަމާލެ ސަރަޙައްދުގައި ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ އާއި ގުޅޭ

އިޢުލާން

ފުރަމާލެ ސަރަޙައްދުގައި ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންތަކުން ނަގާ ޚިދުމަތުގެ ފީ އާއި ގުޅޭ:

 

1 މާރިޗު 2024 އިން ފެށިގެން ފުރަމާލެ ސަރަހައްދުގައި  (މާލެ، ވިލިމާލެ އަދި ހުޅުމާލެ) ކުނި އުކާލަން އަންނަ އާއްމު ފަރާތްތަކުގެ އުޅަނދުތަކުން ނަގާ ފީ އަށް ބަދަލު ގެންނަން ނިންމާފައިވާކަން ދަންނަވަމަމެވެ.

މި ގޮތުން މީގެ ކުރީގައި އާއްމުންގެ ފަރާތުން ކުނި ގެންނަ އުޅަނދުގެ ޓަނަކަށް ޗާރޖު ކުރަމުން އައި 1,060.00 ރުފިޔާގެ ބަދަލުގައި،

1 މާރިޗު 2024 އިން ފެށިގެން ޗާރޖު ކުރެވޭނީ ޓަނަކަށް 750.00 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން، ފުރަމާލެ ސަރަހައްދުގައި ކުނިއުކާލުމުގެ ޙިދުމަތް ފޯރުކޮށްދޭ ފެސިލިޓީތަކަށް އަންނަ އާއްމުންނާއި ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ކޮންމެ އުޅަނދަކަށް ހިދުމަތުގެ އަގެއްގެ ގޮތުގައި ވަންނަ ކޮންމެ ފަހަރަކު 150.00 ރުފިޔާގެ ޗާރޖެއް ނެގެމުންދާނެ ކަމުގެ ވާހަކަ އެންމެހާ ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަމެވެ.

އަގަށް މިގެނެވޭ ބަދަލާއި އެކު ފުރަމާލެ ސަރަހައްދުގައި ވެއި ބުރިޖް ޤާއިމްވެފައިވާ ފެސިލީޓީތަކަށް ކުނި ގެނައުމުން އާއްމުންގެ ފަރާތުން އަންނަ އުޅަނދަށް ޗާރޖު ކުރާނީ ގެންނަކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 750.00 ރުފިޔާ ކަމުގައި ދަންނަވަމެވެ. މިފަދަ ފެސިލިޓީތަކަށް ކުނި ގެންނަ ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުނި ގެނައުމުން ޗާރޖު ކުރެވޭނީ ގެންނަ ކުނީގެ ބަރުދަނަށް ބަލައި ޓަނަކަށް 2,660.00 ރުފިޔާގެ މަގުން ކަމުގައި ދަންނަވަމެވެ. ވެއި ބުރިޖު ޤާއިމު ވެފައި ނުވާ ފެސިލީޓީތަކުން އާއްމުންނަށް ޗާރޖުކުރަމުން ދާނީ އުޅަނދުގެ ރަޖިސްޓާރޑް ޓަނަކަށް 750.00 ރުފިޔާގެ މަގުން ކަމުގައި ދަންނަވަމެވެ.

                                              24 ފެބްރުއަރީ 2024

                                              14  شَعْبَان 1445

24 ފެބުރުވަރީ 2024
ހޯދާ