މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިރީގައިވާ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ތިރީގައިވާ މަސައްކަތްތަކަށް ކޯޓޭޝަން  ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

  1. ރ.މާކުރަތު ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނި އަންދާ އަށި ހެދުން
  2. ރ.މާކުރަތު މަސްޖިދުލް ސަލާމް މިސްކިތުގެ ޚުތުބާ ކިޔާ މިމްބަރު ބަދަލުކުރުން
  3. ރ،މާކުރަތު މަސްޖިދުލް އަންވާރު މިސްކިތުގެ އިސްކުރުބަރި މަރާމާތުކުރުން
  4. މަސްޖިދުލް ސަލާމް މިސްކިތުގެ މުންނާރު ލައިޓްތައް ބަދަލުކުރުން

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 މާރޗް 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް މެދުވެރިކޮށް ([email protected]) ށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ކޮންމެ މަސައްކަތެއްގެ އަގު ވަކިން އިނގޭގޮތަށެވެ.

ނޯޓް: މިމަސައްކަތްތަކަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2024) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ތަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

        މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ފެބުރުވަރީ 2024
ހޯދާ