މާފަރު ސްކޫލް
ދިވެހިރާއްޖެ
މާފަރު ސްކޫލުގެ 04 ކުލާސްރޫމްގެ ޕާޓިޝަން ހެދުމާއި 05 ކުލާސްރޫމް ގެ އަސްކަނި ސީލިންގ މަރާމާތު ކޮށްދީ އަދި ދިޔަދޮވި ހަރުކޮށްދޭނެ ފަރާތެއް ހޯދުން

މި ސްކޫލުގެ ހޯލް އިމާރާތުގެ (4 ކުލާސްރޫމް) ޕާޓިޝަން ހެދުމުގެ މަސައްކަތާއި 05 ކުލާސްރޫމް އިމާރާތުގެ އަސްކަނި ސީލިންގ މަރާމާތުކޮށް، ކުލަޔާއި ދަވާދުލާ، ދިޔަދޮވި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް ތަކާއި ގުޅޭ މަޢުލޫމާތު ޝީޓު، ޢިއުލާނާއި އެއްހީރާސް ކުރެވިފައި ވާނެއެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިސްކޫލަށް ވަޑައިގެން ނަން ނޯޓްކޮށް ނުވަތަ 6560574 ނަންބަރު ފޯނަށް ގުޅުއްވާ ރެޖިސްޓްރީ ކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށައެޅުއްވުން އެދެމެވެ. 

ތާރީޚް

ތަފްޞީލް

ގަޑި

ތަން

26 ފެބުރުވަރީ 2024 ން 03 މާރިޗު 2024

ބިޑުގައި ރެޖިސްޓްރީވުން

09:00 – 13:00

މާފަރު ސްކޫލް / 6560574ނަންބަރުން

04 މާރިޗު 2024

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

11:00 ގައި

މާފަރު ސްކޫލް

07 މާރިޗު 2024

އަންދާސީ ހިސާބު ހުށައެޅުން

11:00ގައި

ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ނަން ނޯޓު ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓު ކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ބީލަން ހުށަހަޅާ ފަރާތުން ނުވަތަ ބަދަލުގައި ކަނޑައަޅާ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވާންވާނެއެވެ. ބަދަލުގައި އަންނަ ފަރާތުން އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުގެ ސިޓީއާއި އައިޑީ ކާޑު ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7934407 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

އީ-މެ އިލް: [email protected]

26 ފެބުރުވަރީ 2024
ހޯދާ