މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރެހެންދި އެވޯޑް 2024 ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

ރެހެންދި އެވޯޑަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، އަހަރަކު އެއްފަހަރު ޤައުމީ ޙިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި، މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކި ކަންކަމަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓުން ދޭ ޤައުމީ ފެންވަރުގެ އެވޯޑެކެވެ. މިއެވޯޑަށް ނަން ހުށަހެޅުއްވުމުން، އެވޯޑް ލިބޭ ފަރާތްތައް ކަނޑައަޅާނީ މިކަމަށް އެކުލަވާލާފައިވާ "ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީ" އިންނެވެ.

މިއެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ވެބްސައިޓުންނާއި މިއިޢުލާނާއެކު ކެނދިކުޅުދޫ ކައުންސިލުގެ ވެބްސައިޓް އަދި ގެޒެޓުން ލިބެންހުންނާނެއެވެ. "ރެހެންދި އެވޯޑް 2024" އަށް ނަން ހުށައެޅުމަށް އެދޭ ފޯމް މިނިސްޓްރީ ގެ އީމެއިލް [email protected]  މެދުވެރިކޮށް އަދި މިނިސްޓްރީ އަށް ވަޑައިގެންވެސް ހުށަހެޅުއްވޭނެއެވެ.

ވީމާ "ރެހެންދި އެވޯޑު 2024" އަށް ނަން ހުށައެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 އޭޕްރިލް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ނަން ހުށައެޅުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15  ޝަޢުބާން  1445

25  ފެބުރުވަރީ  2024                              

25 ފެބުރުވަރީ 2024
ހޯދާ