ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޮންޓްރޯލަރ އޮފް އެގްޒަމިނޭޝަން

މަޤާމު:

ކޮންޓްރޯލަރ އޮފްއެގްޒަމިނޭޝަން، ޕަބްލިކް ސަރވިސް ރޭންކް 10

ބޭނުންވާ އަދަދު: 1

މަޤާމުގެ މުއްދަތު: ޢައްޔަނު ކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް

 

މަޤާމުގެ ޝަރްޠުތައް:

  • މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  • މަޤާމުގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސެއްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މުސާރަ

މަހަކު: 18,838.00 ރުފިޔާ

ޖޮބް އެލަވަންސް: 10,789.00 ރުފިޔާ

އެޓެންޑެންސް އެލަވަންސް: 292 ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ތަޢުލީމީ ރޮނގުތައް:

ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން، އެޑްމިނިސްޓްރޭޝަން އޮފް ހަޔަރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް، ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް، ހަޔަރ އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް، ޓަރޝަރީ އެންޑް ހަޔަރ އެޑިޔުކޭޝަން، ޓަރޝަރީ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްޓޫޑެންޓް އެފެއާޒް، ސްޓޫޑެންޓް އެފެއާޒް އެޑްމިނިސްޓްރޭޝަން، އިނޮވޭޝަން އެންޑް ހަޔަރ އެޑިއުކޭޝަން.

އެޑިޔުކޭޝަން މެނޭޖްމަންޓް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، އެޑިޔުކޭޝަން މެނޭޖުމަންޓް، ލީޑަރޝިޕް އިން އެޑިޔުކޭޝަން، އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް، ސްކޫލް މެނޭޖްމަންޓް، ސްކޫލް ލިޑަރޝިޕް، އިންކްލޫސިވް އެޑިޔުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިޔުކޭޝަން، އެޑިޔުކޭޝަނަލް ސައިކޮލޮޖީ، ޓީޗިންގ، ކިޔަވައިދޭ މާއްދާއަކުން ހާސިލްކޮށްފައިވާ ޕޯސްޓްގްރެޖުއޭޓް ޑިގްރީ، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން.

ރިސަރޗް، ރިސަރޗް ސްޓަޑީސް، ރިސަރޗް މެތަޑްސް، އެނަލިޓިކްސް، އެޑިޔުކޭޝަނަލް ރިސަރޗް، ރިސަރޗް މެތޮޑޮލޮޖީއާއެކު މޭޖަރވާގޮތަށް ހަދާ ޕޯސްޓްގްރެޖުއޭޓް ޑިގްރީ، ކްރިޓިކަލް ތިންކިންގ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، މެނޭޖްމަންޓް، ޑިވެލޮޕްމެންޓް ސްޓަޑީސް، ޕޮލިޓިކަލް ސައިންސް، ޕަބްލިކް އެޑްމިނިސްޓްރޭޝާން، ޕަބްލިކް ޕޮލިސީ، ސޯޝަލް ޕޮލިސީ، އިކޮނޮމިކްސް.

އެކައުންޓިންގ، ފައިނޭންސް، ކޮމާރސް، ޝަރީޢާ އެންޑް ލޯ، އިސްލާމިކް ސްޓަޑީސް، ލިންގުއިސްޓިކްސް، ޤިރާޢަތު، އުސޫލުލް ދީން، އިސްލާމިކް ޖުރިސްޕްރުޑަންސް، ފިލޯސަފީ.  

 

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމާ ގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ތަޢުލީމު ގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގައި ނުވަތަ ޔުނިވަރސިޓީ ޤަބޫލުކުރާ އިދާރާއެއްގައި ފަންނީ  ނުވަތަ އިދާރީ މަސައްކަތްތައް

މަޤާމުގެ މަސްއޫލިއްޔަތު:

މަޤާމުގެ މަސްއޫލިއްޔަތާއި މަޤާމާއި ގުޅޭ ބައެއް މަޢުލޫމާތު ޔުނިވަރސިޓީގެ "އެގްޒަމިނޭޝަން ކޮންޓްރޯލަރ ޢައްޔަނުކުރުމާ ގުޅޭ އުޞޫލު" ގައި ބަޔާންކުރެވިފައިވާނެއެވެ. މި މަޢުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން https://www.ium.edu.mv/gazette/275 ލިބިވަޑައިގަންނަވާނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ ނުވަތަ ޕާސްޕޯޓުގެ ޑޭޓާ ޕޭޖުގެ ސާފު ކޮޕީ
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އަދި ވަޒީފާ އަދާކުރި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ،
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

ވަޒީފާއަށް އެދި ހުށަހަޅާނެ ގޮތް:

  • މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚަކީ 04 މާރިޗު 2024 ވަނަ ދުވަހުގެ 23:59 އަށެވެ. ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މިވާ ލިންކް ބޭނުންކޮށްގެންނެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާނީ ތިރީގައި މި ވާ ލިންކް ބޭނުންކޮށްގެންނެވެ.

   https://jobs.ium.edu.mv

  • އަޕްލޯޑްކުރާ އެންމެހާ ލިޔެކިޔުންތައް ހުންނަންވާނީ ސާފުކޮށް ކިޔަން އެނގޭނެ ފަދަ ގޮތަކަށެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.

   އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

  • މަޤާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން ކުއްލިއްޔާ ކުރިއަރުވާ ހިންގާނެ ގޮތުގެ ތަސައްވަރެއް ޕްރެޒެންޓޭޝަނުގެ ސިފައިގަ ހުށަހަޅާދޭންޖެހޭނެއެވެ. އެހެންކަމުން ޕްރެޒެންޓެޝަނާއި ގުޅޭ އިތުރު މައުލޫމާތު ދުރާލާ ކެންޑިޑޭޓުންނާއި ހިއްސާކުރެވޭނެއެވެ.
  • މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި  ޕްރެޒެންޓޭޝަން އޮންނާނީ، 05 މާރިޗު 2024 އާއި 28 މާރިޗު 2024 އާ ދެމެދުގައެވެ. އިމްތިޙާން، އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ އުނިވަރސިޓީގައެވެ. 

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަރވިއުކޮށް ނިމުމަށްފަހުގައެވެ.
25 ފެބުރުވަރީ 2024
ހޯދާ