ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓަންޓް ލައިބްރާރިއަންގެ މަޤާމަށް މީހަކު ހޯދުމަށް

ވަޒީފާގެ ފުރުޞަތު

2024 ޖެނުއަރީ 21 ވަނަ ދުވަހު މި ސްކޫލުން ކޮށްފައިވާ ނަމްބަރު: GS213/IUL/2024/007 އިޢުލާގައިވާ އެސިސްޓަންޓް ލައިބްރާރިއަންގެ މަޤާމަށް ޝަރުޠު ހަމަވާއެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމު:

އެސިސްޓަންޓް ލައިބްރޭރިއަން

މަޤާމު ނަންބަރު:

J-393535

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

GS4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓަންޓް ޓެކްނިކަލް އޮފިސަރ 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދުވާފަރު ޕްރައިމަރީ ސްކޫލު / ރ. ދުވާފަރު

މުސާރަ:

5020.00ރުފިޔާ

ސަރވިސް އެލަވަންސް:

1500/-ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު -/700 ރުފިޔާ
  4. ސްޕެޝަލް ޑިޔުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35 (1757/-ރުފިޔާ)

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލްގެ ކިޔެވުން އޮންނަ ދުވަސްތަކުގައި ނިކުތުމަށް ހަމަޖައްސަވާފައިވާ ސެޝަނަށް ޙާޟިރުވެ ސޮއި ކުރުންމަށްފަހު ލައިބްރަރީއާ ގުޅުންހުރި ހަވާލުކުރެވޭ ހުރިހާ މަސައްކަތެއްކުރުން.
  2. ލައިބްރަރީއަށް އެތެރެވާ (ހޯދާ) ދިވެހި، އިނގިރޭސި ބަހުގެ ފޮތްތަކާއި ނޫސްމަޖައްލާ ފަދަ ކެޓެލޮގްތައް ސެލޯފޭން ލައްވާ ޤަވާޢިދުން އެންޓަރކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ނިންމުމާއި ލައިބްރަރީ ފޮތްތަކުގެ އިންވެންޓްރީ، ކޮމްޕިއުޓަރައިޒްކޮށް ބެލެހެއްޓުން.
  3. ފޮތްތަކާއި ބެހޭގޮތުން ކުރަންޖެހޭ ޕްރޮފެޝަނަލް މަސައްކަތްތަކާއި ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ ސްކޫލްގެ އިދާރާއާއި / މަސައްކަތާއި ގުޅޫގޮތުން ރިޕޯރޓްކުރަންޖެހޭ ފަރާތާއި މަޝްވަރާކޮށް އެކަމެއް ނިންމުން.
  4. އަލަށް ލިބޭ ފޮތްތައް ކެޓަގަރައިޒްކުރުމާއި ލައިބްރަރީއަށް އެތެރެވާ ފޮތްތަކުގައި ސްކޫލްގެ ނުވަތަ ލައިބްރަރީގެ ރަސްމީ ތައްގަނޑު ޖެހުމުގެ މަސައްކަތްކުރުން.
  5. ލައިބްރަރީގައިވާ ހަރުގަނޑުތަކާއި، ފޮތްތައް ފޮޅާ ސާފުކުރުން. އެގޮތުން މަދުވެގެން ހަފްތާއަކު 1 ފަހަރު މަސައްކަތު މީހުން ލައްވާ ހިރަފުސްފޮޅުމާއި ލައިބްރަރީ ހަރުގަނޑުތަކުގައިވާ ފޮތްތައް، އިންތިޒާމުނުގެއްލޭނޭހެން އަދި ހަލާކު ނުވާނޭހެން ތަރުތީބުކުރުމުގެ މަސައްކަތް ދުވަހުން ދުވަހަށް ވަގުތުން ވަގުތަށް ކޮށް ނިންމުމަށް މަސައްކަތްކުރުން.
  6. ލައިބްރަރީއަށް އަމާޒުކޮށް ހިންގޭ ދަރިވަރުންގެ އެކި އެކި ޕްރޮގްރާމްތަކާއި ކްލާސްތައް ރާވާ ހިންގުމާއި ލީޑިންގ ޓީޗަރުންނާއި، މުދައްރިސުންނަށް އެހީތެރިވުން.
  7. ދަރިވަރުން އަނބުރާ ދައްކާގޮތަށް ގެންދާ ފޮތްތައް ހަމަޖެހިފައިވާ އުސޫލުން ދޫކޮށް، އަދި އަނބުރާދައްކާ ފޮތްތައް ޤަވާޢިދުން ބަލައިގަނެ، އެކަންކަމުގެ ފުރިހަމަ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުން. އަދި ދަރިވަރުން ފިޔަވައި އެހެންފަރާތަކުންވެސް ފޮތެއްގެންދިޔަސް އެ އުޞޫލުން ޢަމަލުކުރުން.
  8. ލައިބްރަރީގައި ކުދިންތިބޭއިރު އެކުދިންނަށް ބޭނުންވާ ފޮތްހޯދާދިނުމުގައާއި ފޮތްކިޔާ ނިމުމުން އެފޮތް ބަހައްޓަންވާ ތަނުގައި ބެހެއްޓުމަށް ދަރިވަރުންނަށް އެހީތެރިވުމާއި ލައިބްރަރީއަށް އަންނަދަރިވަރުންގެ އެހެނިހެން ހަރަކާތްތައް ހުންނަގޮތްވެސް ބެލުން
  9. ލައިބްރަރީގައި އަޑުގަދަވިޔަ ނުދިނުމަށް ބާރުއެޅުމާއި އަޚްލާޤީ މިންގަނޑު ދެމެހެއްޓުމަށް ބާރުއެޅުމުގެ އިތުރުން ލައިބްރަރީގެ ޤަވާޢިދުތަކާއި އުޞޫލުތައް އިދާރާގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ލިޔެ އެންމެންނަށް ފެންނާނޭހެން ލައިބްރަރީ ނޯޓިސްބޯޑުގައި ބެހެއްޓުން. ލައިބްރަރީ ޑިސްޕްލޭކުރުމުގެ މަސައްކަތް ކުރުން.
  10. ލައިބްރަރީގެ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުންތައް ލައިބްރަރީ ބެލެހެއްޓުމާއި ހަވާލުވެހުންނެވި ސްކޫލްގެ ވެރިއެއްގެ ޙާޟިރުގައި ބޭއްވުމަށް މަސައްކަތްކުރުން. މިގޮތުން ބާއްވާ  ބައްވާބައްދަލުވުންތަކުގެ މަޢުލޫމާތު ސްކޫލް ހިންގުމާ ހަވާލުވެހުންނަ އިސްވެރިއަކަށް ދިނުން.
  11. ލައިބްރަރީގައި ހިންގޭ ޕްރޮގްރާމްތަކާއި ލައިބްރަރިގައި ނެގޭ ގަޑިތަކާއި ބެހޭގޮތުން އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމާއިބެހޭ ސްޕަވައިޒަރަކަށް ނުވަތަ އިސްވެރިއަކަށް އެންގުމާއި ލައިބްރަރީގައި އިން ދަރިވަރެއްގެ ފަރާތުން ޤަވާޢިދާއި ޚިލާފް ކަމެއްފެނިއްޖެނަމަ އެކަމެއްވެސް ނޯޓްކޮށް އެދަރިވަރެއްގެ ލީޑިންގ ޓީޗަރަށް އެންގުން.
  12. އަނބުރާ ދައްކާގޮތަށް ދޫކުރެވޭފޮތްތައް މުއްދަތު ހަމަވާއިރު ނުދައްކައިފިނަމަ އެފަރާތަކަށް އެކަން އަންގާ ފޮތްހޯދުމާއި ކޮންމެ ތަޢުލީމީ އަހަރެއްނިމި، ބިދޭސީ ޓީޗަރުން ޤައުމަށް ދުވާފަރުން ފުރުމުގެ ކުރިން އެމީހުންނަށް ދޫކުރެވިފައިވާ ލައިބްރަރީ ފޮތްތައް ހޯދާ ހަމަކުރުމުގެ އިތުރުންވެސް ތަޢުލީމީ އަހަރު ނިމި ސްކޫލް ބަންދުވުމުގެ ކުރިން އެއަހަރަކު އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލައިބްރަރީ ފޮތްތައް ހޯދާ ހަމަކުރުން.
  13. ރަސްމީ ގަޑީގެ އިތުރަށް، ސްކޫލްގައި ހިންގާ އެހެނިހެން ހަރަކާތްތަކަށްވެސް ކަނޑައަޅާ ގަޑިތަކަށް ޙާޟިރުވުން.
  14. މީގެ އިތުރުންވެސް ވަޒީފާގެ ހައިސިއްޔަތުން ސްކޫލްގެ އިސްވެރިޔާ އަންގަވާ ކަންކަން ސްކޫލަށް ފައިދާހުރިގޮތަށް ކޮށްނިންމުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް މެނޭޖްމަންޓް  
  • ލައިބްރަރީ ސައިންސް   
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން 

މަޤާމުގެ ކޯ ޑިސިޕްލިން:

  • ލައިބްރަރީ ސައިންސް   

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ލައިބްރަރީ ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ޙަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާން / ޕްރެކްޓިކަލް)

20

އިންޓަރވިއު

35

ނޯޓް: މަޤާމަށް އައްޔަނު ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކުރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60% އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މިޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 4 މާރިޗް 2024 ވާ ހޯމަ ދުވަހު ގެ 14:00 ގެ ކުރިން، ދުވާފަރު ޕްރައިމަރީ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލް މެދުވެރިކޮށް ފޮނުވާ ލިޔެކިޔުންތައް އެއް ފައިލެއްގައި (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ގޮތަށް) ޕީ.ޑީ.އެފް. ކުރެއްވުމަށްފަހު މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ހުށަހަޅާ ފޯމަކީ  ސިވިލް ސާރވިސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ސިވިލް ސަރވިސް ގެ ވަޒީފާއަށް އެދޭ ފޯމް ކަން ކަށަވަރުކުރުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެކްޓިކަލް އިމްތިޙާން އޮންނާނީ 2024 މާރިޗް 5 އާއި 2024 މާރިޗް 10 އާ ދެމެދު ދުވާފަރު ޕްރައިމަރީ ސްކޫލު ގައެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަރވިއު އަދި ޕްރެކްޓިކަލް އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑު އަދި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6584595 އަށެވެ.

އީ-މެއިލްކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ. 

 

 

 

 

                                                          15 ޝަޢުބާން 1445

25 ފެބުރުއަރީ 2024

25 ފެބުރުވަރީ 2024
ހޯދާ