ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:               އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު:       01 (އެކެއް)

މުސާރަ:          -/6,185 ރުފިޔާ

ލިވިންގ އެލަވަންސް:      -/3000 ރުފިޔާ

ރިސްކް އެލަވަންސް:      -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން:   މާލެ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުން.

އޮފީހުގެ ގޮފިތަކަށް އިދާރީގޮތުން ބޭނުންވާތަކެތި ފޮނުވުން.

އޮފީހުގެ ސްޓޮކުން ސެކްޝަންތަކުން އެދޭ ތަކެތި ދޫކުރުމަށްފަހު ސްޓޮކް ލިސްޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ސްޓޮކުން ތަކެތި މަދުވުމުން ސްޓޮކް ރިކުއެއްސްޓް ޕްރޮކިއޮމަންޓާއި ހަވާލުކުރުން.

އެޑްމިނިސްޓްރޭޓިވް ސެކްޝަނުން ލިޔަންޖެހޭ ސިޓީ/ލިޔުންތައް ލިޔެ ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކޮށް ފައިލް ކުރަންޖެހޭ ތަކެތި ފައިލްކޮށް ބެލެހެއްޓުން.

މުދަލާއި ޚިދުމަތް ހޯދާފައިވާ ތަކެތި ލިބުމުން، ސެޕް ސިސްޓަމް މެދުވެރިކޮށް ގްޑްސް ރިސީވް ކުރުން.

އޮފީހުގެ މަރާމާތާއިގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން.

އޮފީހުން އިދާރީގޮތުން ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.

އެޑްމިނިސްޓްރޭޓިވް ސެކްޝަންގެ ސްޓެޓިސްޓިކްސް ލިސްޓު ބެލެހެއްޓުން.

މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

ފެންވަރު ނުވަތަ ޝަރުޠު:  ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 04 މާރިޗު 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

 

 

ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

   2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 5 މާރިޗު އިން 14 މާރިޗު 2024 އާ ދެމެދު މާލޭގައެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

15 ޝަޢުބާން 1445

25 ފެބުރުވަރީ 2024
ހޯދާ