އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމްތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަޤާމު

 އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު

1

 

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އަލަށް ނެޓްވޯރކް އަޅަންޖެހޭ ތަންތަނާއި، ކޭބަލްގެ މައްސަލަ ހުރި ތަންތަނުގައި ކޭބަލް އެޅުން.
  2. ނެޓްވޯރކްގެ މައްސަލަޖެހޭ ތަންތަން ފާހަގަކޮށް، ޖެހޭ މައްސަލަތައް ހޯދައި، އެކަންކަން ޙައްލުކުރުން.
  3. ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް އެތަނަކަށް ގޮސް، މައްސަލަ ހޯދައި، ހާރޑްވެއަރ މައްސަލައެއްނަމަ، އައި.ޓީ ވޯރކްޝޮޕަށް ގެނެސް، އެ މައްސަލައެއް ޙައްލުކުރުމާއި، އޮފީހަށް ބޭނުންވާ ސޮފްޓްވެއަރތައް އިންސްޓޯލްކޮށް އަޕްޑޭޓްކުރުން.
  4. ޚިދުމަތްދޭ ތަންތަނުގައި ހަރުކޮށްފައި ހުންނަ ކިއު ސިސްޓަމަށް ޖެހޭ މައްސަލަ ބަލައި، އެކަން ޙައްލުކުރުން.
  5. ކިއު ސިސްޓަމްގެ ޓޯކަން ޕްރިންޓިންގ ރޯލް ހުސްވުމުން، އާ ރޯލް ލައްވަން ދިއުމާއި، ކިއު ބޯޑްތައް ހަރުކުރުން.
  6. ކޮމްޕިއުޓަރުތަކާއި ކޮމްޕިއުޓަރާ ގުޅުންހުރި ހާރޑްވެއަރތަކުގެ އިންވެންޓްރީ ނަގައި، އަޕްޑޭޓްކޮށް ބެލެހެއްޓުން.
  7. ކޮމްޕިއުޓަރތަކަށް އެންޓި ވައިރަސް ސޮފްޓްވެއަރ އިންސްޓޯލްކުރުމާއި، އަޕްޑޭޓްކޮށް ބެލެހެއްޓުން.
  8. ސާރވަރއާއި ސްވިޗްތަކުގެ ސްޓޭޓަސް ބެލުމާއި، ޖެހޭ މައްސަލަތައް ރިޕޯޓްކޮށް ޙައްލުކުރުން.

 

 ތަޢުލީމާއި ތަޖުރިބާ:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން 'ސީ" ގްރޭޑް ލިބިފައިވުން.

 

މިމަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

 

1- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

މަޤާމު

ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ރިސްކް އެލަވަންސް:

-/75 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ކިއު ސިސްޓަމުގެ ޓޯކަން ޕްރިންޓިންގ ރޯލް ހުސްވުމުން، އާ ރޯލް ލައްވަން ދިޔުމާއި، ކިއު ބޯޑްތައް ހަރުކުރުން.

2. ކޮމްޕިއުޓަރުތަކާއި، ކޮމްޕިއުޓަރާ ގުޅުންހުރި ހާރޑްވެއަ ތަކުގެ އިންވެންޓްރީ ނަގައި، އަޕްޑޭޓްކޮށް ބެލެހެއްޓުން.

3. ޑީ.އެން.އެސް ސާރވަރގެ ބައެއް ކަންތައްތައް ބެލެހެއްޓުން. މީގެތެރޭގައި ކޮމްޕިއުޓަރ އައި.ޕީ ލިސްޓް ބެލެހެއްޓުމާއި، އަޕްޑޭޓްކުރުން ހިމެނެއެވެ. އަދި މީގެ އިތރުންވެސް، ދިމާވާ މައްސަލަތައް ޙައްލުކުރުން ހިމެނެއެވެ.

4. ކޮމްޕިއުޓަރުތަކަށް އެންޓި ވައިރަސް ސޮފްޓްވެއަރ އިންސްޓޯލްކުރުމާއި، އަޕްޑޭޓްކޮށް ބެލެހެއްޓުން.

5. ސާރވަރއާއި ސްވިޗްތަކުގެ ސްޓޭޓަސް ބެލުމާއި، ޖެހޭ މައްސަލަތައް ރިޕޯޓްކޮށް ޙައްލުކުރުން.

 

ތަޢުލީމާއި ތަޖުރިބާ:

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. (މިގޮތުން، މި މަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލްކަން ހުރިވަރު ބެލޭނެއެވެ.)

  (މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަރވިއުއަށް  

  ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މި ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8.30 ން 14.30 ށް މި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  4. ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.
  5. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  6. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިއެޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ. (ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ.)
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  8. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  9. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  10. އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  11. މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

އިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

2015 އެޕްރީލް 27 ވާ ހޯމަ ދުވަހުގެ 14.30 ގެ ކުރިން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް. 2015 އެޕްރީލް 27 ވާ ހޯމަ ދުވަހުގެ 14.30 ގެ  ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެތާރީޚާއި ތަން

2015 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3335234 ނަންބަރު ފޯނަށެެވެ. 

 17 ޖުމާދަލްއާޚިރާ 1436
06 އޭޕްރިލް 2015
ހޯދާ