މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ އުފުލާ އުޅަނދުފަހަރު ބަނދަރު ބޭނުންކުރުމާ ގުޅޭ

 ތެޔޮ އުފުލާ އުޅަނދުފަހަރު ރަށުގެ އުތުރުފަރާތު ފަޅަށް ވަނުމާއި ފަޅުގައި އަޅާފައި ބޭއްވުމަކީ ނުރައްކާތެރި ކަމަކަށްވާތީވެ، މިއަދުންފެށިގެން މިކަމަކީ މަނާކަމެއްކަމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރުމަވެ.އަދި މި ކައުންސިލްގެ 4 ވަނަ ދައުރުގެ 139 ވަނަ  ޢާއްމު ޖަލްސާއިން ނިންމުމާއި ގުޅިގެން ތެލުގެ ވިޔަފާރީގެ މުއާމަލާތްކުރާ ފަރާތްތަކަށް ތެޔޮ  ބޭލުމުގައި ކުޑަފަޅާއި ރަށުގެ ވަށައިގެންވާ ކަނޑުތޮށީގެ ބޭރު ކަނޑުގެ ސަރަހައްދު ބޭނުންކުރެވިދާނެ ކަމުގައި ދަންނަވަމެވެ. އެހެންކަމުން މި ނިންމުމާ ޚިލާފަށް އަމަލުކުރައްވާ ފަރާތްތަކާއި މެދު ފިޅަވަޅު އެޅޭނެ ކަމުގައި ދަންނަވަމެވެ.

 

                            މިހެންވެ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.  

25 ފެބުރުވަރީ 2024
ހޯދާ