މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރެހެންދި އެވޯޑު 2024

ރެހެންދި އެވޯޑަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، އަހަރަކު އެއްފަހަރު ޤައުމީ ޙިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުންނާއި، މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި. އެކި ކަންކަމަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަނުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެބްޑް ފެމިލީ ޑިވަލޮޕްމަންޓްއިން މިކަމަށް އެކުލަވާލާ "ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީ" އިންނެވެ.

ވީމާ "ރެހެންދި އެވޯޑު 2024" އަށް ނަން ހުށައެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2024 އޭޕްރީލް 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00 ގެ ކުރިން ނަން ހުށައެޅުމަށް ދަންނަވަމެވެ. އަދި މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުސޫލާއި އެޕްލިކޭޝަން ފޯމް ތިރީގައިވާ ލިންކު މެދުވެރިކޮން ލިބެން ހުންނާނެއެވެ. އެވޯޑަށް ނަން ހުށައެޅުމަށް އެދޭ ފޯމް މިނިސްޓްރީ ގެ އީމެއިލް [email protected] މެދުވެރިކޮށް ހުށައެޅުން އެދެމެވެ. 

-          ރެހެންދި އެވޯޑު އުސޫލު: https://shorturl.at/awyEQ

-          އަމިއްލަގޮތުން ހުށައަޅާ ފޯމް: https://shorturl.at/kmoD0

-          އ.ތ.މ ކޮމިޓީން ހުށައަޅާ ފޯމް: https://shorturl.at/gxH28

-          ޖަމުއްޔާ ޖަމާއަތްތަކުން ހުށައަޅާ ފޯމް: https://shorturl.at/enzZ2

25 ފެބުރުވަރީ 2024
ހޯދާ