ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ހއ. އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ.

  1. އެއްއަހަރު ދުވަހުގެ މުއްދަތަށް މި ސުކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.  
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2024 ފެބުރުއަރީ 23 ން 2024 ފެބުރުއަރީ 28 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. ބީލަމުގައި ރަޖިސްޓްރީކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ސިސްޓަމަށް ދިމާވާ މައްސަލައަކާ ގުޅިގެން ރަޖިސްޓްރީ ނުކުރެވޭނަމަ، ރަޖިސްޓްރޭޝަންގެ މުއްދަތު ހަމަވުމުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަމްބަރުގައިވާ އީމެއިލް އެޑްރެހަށް އެކަން ބަޔާންކޮށް ހުށަހެޅުމުން އެފަރާތެއް ރަޖިސްޓްރީކޮށްދެވޭނެއެވެ."ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު:https://forms.gle/nbE9dDn4sH7hHzSm6
  5. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބުރުއަރީ 29 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 މާރިޗު 03 ވަނަ ދުވަހުގެ 11:00 ގައިމި މަދަރުސާގެ މީޓިންގ ރޫމްގައެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  8. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. 

ޕްރޮކިއުމަންޓް ސެކްޝަން 

ހއ. އަތޮޅު މަދަރުސާ

ހއ. ހޯރަފުށި

ފޯން:  6500048، 6500294

އީ-މެއިލް: [email protected]

 

13 ޝައުބާން  1445

23 ފެބުރުވަރީ 2024
ހޯދާ