މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި މަސްޖިދުއް ނަޞްރު މިސްކިތު ވުޟޫކުރަން ބޭނުންކުރާ ސަރަޙައްދާއި، ފާޚާނާގެ މަރާމާތުކުރުން

ބީލަން ހުށަހެޅުމުގެ ދަޢްވަތު

 

1- މ.މަޑުއްވަރީ މަސްޖިދުއް ނަޞްރު މިސްކިތުގެ ވުޟޫކުރާ އިސްކުރުބަރި ހިމެނޭ ސަރަޙައްދުގެ ތަޅުމާ،ފާރުގައާއި ދެ ފާޚާނާގެ ފާރުތަކާ،ތަޅުމުގެ ޓައިލްސް ބަދަލުކުރުމާއި، ދޮރާ ދޮރުފަތް ބަދަލުކުރުމާ އެ އިމާރާތުގެ އެތެރެފަރާތުގައާއި ބޭރުފަރާތުގެ ސީލިންގ އަދި ފާރުތަކުގައި ކުލަލުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ބީލަމަށް ކުރިމަތި ލެވޭނެ ފަރާތްތަކާއި  ބީލަމާގުޅޭ މައުލޫމާތު މިއިއުލާނާ އެޓޭޗް ކުރެފިފައިވާ ބީލަން ފޮތުގައި ވާނެއެވެ.

 

2- މި ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ (ނަންނޯޓް) ކުރަންއެދޭ ފަރާތްތަކުން 2024 ފެބުރުވަރީ 22 ވާ ބުދަ  ދުވަހުން ފެށިގެން -

2024 ފެބުރުވަރީ 27  ވާ އަންގާރަ ދުވަހު 13:00 އަށް ނަން ނޯޓް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. މ. މަޑުއްވަރީ ކައުންސިލްގެ އިދާރާ ބަންދުނޫން ކޮންމެދުވަހަކު 9:00 އިން 13:00 އަށް  ކައުންސިލް އިދާރާއަށް ދުރުވެ ރަޖިސްޓްރީ ކުރެވޭނެއެވެ. ތިރީގައިވާ ލިންކު މެދުވެރިކޮށް  އޮންލައިން ކޮށްވެސް ރަޖިސްޓްރީ ވެވޭނެއެވެ. ބީލަން ހުށަހެޅޭނީ ހަމައެކަނި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތް ތަކަށެވެ. 

 

ރެޖިސްޓްރޭޝަން ފޯމުގެ ލިންކް : http://lnnk.in/g7bD

 

3-  މި މަސައްކަތާ ބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ފެބުރުވަރީ 28 ބުދަ ދުވަހުގެ 13:00 ގެކުރިން ލިޔުމުން މ. މަޑުއްވަރީ

   ކައުންސިލް އިދާރާއަށް ފޮނުވައި ދެއްވުން އެދެމެވެ. ނުވަތަ 6720072 / 7911345 ނަމްބަރާ ގުޅައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

4-  ބީލަން ހުށަހެޅުން  އޮންނާނީ 2024 މާރިޗު 03 ވާ އާދީއްތަ ދުވަހު 13:00 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި

މާލަމު " ގައެވެ. ބީލަން ކަޑައި ހުޅުވާނީ 2024 މާރިޗު 03 ވާ އާދީއްތަ ދުވަހު 13:05 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ " ދަސްވަނި މާލަމު " ގައެވެ.

 

 

 

5-  މި މަސައްކަތާ ގުޅޭ ބީލަން ފޮތް މި އިޢުލާނުގެ ބަޔެއްގެ ގޮތުގައި އިޢުލާނާއެކު ޢާންމު ކުރެވިފައި ވާނެއެވެ.

 

6-  ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމާއި ، މަސައްކަތާ ގުޅޭ އިތުރު މަޢްލޫމަތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

 

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ

ފޯން : 6720072 , 7911345

 އީ-މެއިލް:  [email protected]   

22 ފެބުރުވަރީ 2024
ހޯދާ