މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް މާކެޓް އެނަލިސްޓް

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                         އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2024/23

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އެސިސްޓެންޓް މާކެޓް އެނަލިސްޓް

މުސާރަ (މަހަކު) : -/11,520 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/4,032  ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/3,456  ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: މާކެޓިންފ އެންޑް ރިސަރޗް

ބޭނުންވާ އަދަދު: 1

 1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: 

 ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުން

 (ނުވަތަ)

 ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ނުވަތަ)

 ނ. ޖީސީއީ އޯލެވެލް ފުރިހަމަ ކުރުމާއެކު، ގުޅޭ ދާއިރާއަކުން މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:    

 ހ. ހަވާލުކުރެވިފައިވާ މާކެޓްތަކާއި ގުޅުންހުރި ސްޓެޓިސްޓިކްސްތައް ކަމާގުޅުންހުރި އިދާރާތަކުން ހޯދައި، ޑެސްކް ރިސަރޗް ހެދުން.

 ށ. ކޮލިޓޭޓިވް އަދި ކޮންޓިޓޭޓިވް ރިސަރޗްތައް ޑިޒައިންކޮށް، ޙަވާލުކުރެވޭ މާކެޓްތަކުގެ ރޯޑޭޓާ ކަލެކްޓްކޮށް އެނަލައިޒްކުރުން.   

 ނ. ގުޅުންހުރި މާކެޓްތަކުގެ ޑޭޓާތައް ހޯދުމަށް އެކްސްޓަރނަލް ޕާޓީސްތަކާއި ގުޅިގެން މަސައްކަތް ކުރުން.

 ރ. ޙަވާލުކުރެވިފައިވާ މާކެޓްތަކުގެ ކަސްޓަމަރ ޑޭޓާބޭސްއެއް އަޕްޑޭޓްކޮށް ބެލެހެއްޓުން.

 ބ. ޑެސްޓިނޭޝަންގެ ކޮމްޕެޓިޓަރސް ތައް އައިޑެންޓިފައިކޮށް، އެފަރާތްތަކުގެ ކޮމްޕެޓިޓިވް އެޑްވާންޓޭޖް ދަނެގަނެ އެކަމަށް އެޑްރެސް ކުރެވޭނެ ގޮތްތަކެއް ހޯދުން.

 ޅ. ރިސަރޗްތަކުގެ ފައިންޑިންސްތަކަށް ބިނާކޮށް ރިޕޯޓްސް ތައްޔާރުކުރުމާއި، ޑޭޓާތައް އިންޓަރޕްރީޓް ކުރުން.

 ކ.ކޯޕަރޭޝަންގެ ޕްރޮޑަކްޓް ޑައިރެކްޓްރީ އާއި، ޑެސްޓިނޭޝަންގައިޑްގެ ކޮންޓެންޓް ތައްޔާރުކުރުމާއި، ފޯމެޓްތައް އެކުލަވާލުން.

 އ. ރިސަރޗްތަކުގެ އަލީގައި ކޯޕަރޭޝަންގެ އިވެންޓްސްތަކުގައި ބޭނުންކުރާނެ ޕްރޮމޭޝަން މެޓީރިއަލްސްތައް ރެކަމަންޑްކުރުން.

 ވ. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާ އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކޯޕެރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

 3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 4. ހުށައަޅަންޖެހޭ ލިޔުންތައް:

 ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

 ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

 ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.

 ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

 ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް.

 5. އިތުރު މަޢުލޫމާތު:

 ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

 ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

 ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

 ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ https://corporate.visitmaldives.com/downloads/#downloads-apf މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

 ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6 އެޑްރެސް ކުރައްވާނީ:

 ފާޠިމަތު ތައުފީޤް، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

22 ފެބުރުވަރީ 2024
ހޯދާ