ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކާރު، ވޭން އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

ކާރު، ވޭން އަދި ޕިކަޕު ދަތުރުތަކުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

  1. މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތަކުގެ ސުވާލުކަރުދާސްތަކާއި އިމްތިޙާނާގުޅޭ ތަކެތި ތަންތަނަށް ގެންދިއުމަށް ކުރާ ދަތުރު ކުރުމަށްޓަކައި، 02 އަހަރު ދުވަހުގެ މުއްދަތަށް ކާރާއި ވޭން އަދި ޕިކަޕުގެ ޚިދުމަތްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 22 ފެބްރުއަރީ 2024 ން 27 ފެބްރުއަރީ 2024 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ.
  4. "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/2pETnVUH7zSWiHif7
  5. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  6. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 ފެބްރުއަރީ 2024ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  7. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 03 މާރިޗް 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ޑިޕާޓްމަންޓް މިހާރު ހިނގަމުންދާ ހ، އަޝްރަފީވިލާ 3 ވަނަ ފަންގިފިލާގެ މީޓިންގ ރޫމް ގައެވެ. 
  8. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  9. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ޕްރޮކިއުމަންޓް ސެކްޝަން

    ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް

    އަސްރަފީވިލާ، 2 ވަނަ ފަންގިފިލާ

    ފޯން:  4003966

    އީ-މެއިލް: [email protected]

22 ފެބުރުވަރީ 2024
ހޯދާ