ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ށ.ނޫމަރު އައު އިންޖީނުގޭގައި ބެސް ކޮންޓެއިނަރ ފައުންޑޭސަން ބުޑްއެޅުމުގެ މަސައްކަތާއި ގުޅޭ:

 

އިއުލާން ނަންބަރު: FNK-I/IUL/2024/059  

އިޢުލާން

ށ.ނޫމަރު އައު އިންޖީނުގޭގައި ބެސް ކޮންޓެއިނަރ ފައުންޑޭސަން ބުޑްއެޅުމުގެ މަސައްކަތާއި ގުޅޭ:

 

 މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ށ.ނޫމަރު އައު އިންޖީނުގޭގައި ބެސް ކޮންޓެއިނަރ ފައުންޑޭޝަން ބުޑު އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: FNK-I/IUL/2024/041 އިޢުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ، އެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 11:00 ށ.ނޫމަރު ބްރާންޗަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ށ.ނޫމަރު ބްރާންޗް އާއި މި ކުންފުނީގެ ހެޑް އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.

   

ނޯޓް: ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

 

                    

 

 

 

 

 

22 ފެބުރުވަރީ 2024
ހޯދާ