ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޓީޗަރ (ޕްރީސްކޫލް)

މަޤާމު:

އެސިސްޓެންޓް ޓީޗަރ (ޕްރީސްކޫލް)

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ / ބުރުނީ ޕްރީސްކޫލް

މުސާރަ:

4465.00

ސަރވިސް އެލަވަންސް:

1000.00

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރީސްކޫލް ދަރިވަރުންނަށް ކިޔަވައިދިނުމާއި ކޮންމެ ޓާރމްއަކު ރިޕޯޓް ކާޑު ފުރިހަމަކޮށް ނިންމުމުގައި ޓީޗަރަށް އެހީތެރިވުން
  2. ޕްރީސްކޫލް ސާފުކުރަންޖެހޭ ހާލަތްތަކުގައި ޕްރީސްކޫލްތެރެ ސާފުކޮށް ބެލެހެއްޓުން
  3. ޕްރީސްކޫލް ދަރިވަރުންގެ ހާޟިރީ ބެލެހެއްޓުން
  4. ކައުންސިލްގެ މަޝްވަރާގެމަތިން  ކޮންމެ ދިރާސީ އަހަރަކަށް ސްކޫލްގެ މުޤައްރަރު ތައްޔާރުކުރުމުގައި ޓީޗަރަށް އެހީތެރިވުން
  5. ޕްރީސްކޫލް ދަރިވަރުންގެ ލެސަން ޕްލޭން ތައްޔާރުކުރުމާއި މުޤައްރަރާ އެއްގޮތަށް ކިޔެވުން ކުރިއަށްދާކަން ކަށަވަރުކުރުން
  6. ކޮންމެ ޓާރމެއް ނިމުމުން، މުޤައްރަރުން ކިޔަވައިދެވުނު މިންވަރާއި ކުދިންނަށް ޚާސިލްވީ މިންވަރު ކައުންސިލާ ޚިއްސާކުރުމުގައި ޓީޗަރަށް އެހީތެރިވުން
  7. ކޮންމެ އެކަޑަމިކް އަހަރެއް ފެށުމުގެ ކުރިން މުޤައްރަރު އިވެލުއޭޓްކޮށް އިސްލާޙުކުރަންޖެހޭ ކަންކަން ކައުންސިލްގެ ސަމާލުކަމަށް ގެނައުމުގައި ޓީޗަރަށް އެހީތެރިވުން
  8. ދިރާސީ އަހަރު ނިމުމުން ޕްރީ ސްކޫލްގެ އަހަރީ ރިޕޯޓްތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުމުގައި ޓީޗަރަށް އެހީތެރިވުން
  9. ކޮންމެ ޓާރމެއް ފެށުމުގެ ކުރިން އެޓާރމެއްގައި ހިންގަން ރާވާ ޚާއްސަ ކަންތައްތަކާއި ޚާއްސަ ދުވަސްތައް ކަނޑައަޅައި ކައުންސިލަށް އެމައުލޫމާތު ޙިއްޞާ ކުރުމުގައި ޓީޗަރަށް އެހީތެރިވުން
  10. ދަރިވަރުންނާ ގުޅުންހުރި ޚާއްސަ ދުވަސްތައް ފާހަގަ ކުރުމާއި އެކިއެކި މުބާރާތްތައް ބޭއްވުން. މިގޮތުން އަހަރަކު އެއްފަހަރު މަދުވެގެން 1 ޤުރުއާން މުބާރާތް، 1 މަދަހަ މުބާރާތް، 1 ސްޕޯޓްސް ވީކް އަދި ސަޤާފީ ހަރަކާތެއް ކައުންސިލްއާއި ގުޅިގެން ދަރިވަރުންނަށް އިންތިޒާމްކޮށް ހިންގުމުގައި ޓީޗަރަށް އެހީތެރިވުން
  11. ޕްރީސްކޫލާއި ގުޅުންހުރި އެންމެހާ ކަންތައްތަކުގައި އިސްވެ ހަރާކާތްތެރިވުމާއި ކައުންސިލުން ރަށުފެންވަރުގައި ހިންގާ އިޖްތިމާއީ ކަންކަން އިންތިޒާމުކޮށް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވުން
  12. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  13. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

ނުވަތަ

2.  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

ޓީޗިންގ ސާވިސަސް

އެޑްމިނިސްޓްރޭޝަން

މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ބުރުނީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 03 މާރިޗު 2024 އާއި 20 މާރިޗު 2024 އާ ދެމެދު، ބުރުނީ ކައުންސިލްގެ އިދާރާގައެވެ.

މިއިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6780038 ނަންބަރު ފޯނާއި ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ.

13 ޝަޢުބާން 1445

22 ފެބުރުވަރީ 2024
ހޯދާ