ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
ކެޔޮދޫ ސްކޫލުގެ ކަރަންޓް 3 ފޭސް އަށް ބަދަލުކުރުން

އަންދާސީހިސާބު ބޭނުންވެއްޖެ

ކެޔޮދޫ ސްކޫލުގެ ކަރަންޓް 3 ފޭހަށް ބަދަލުކުރުން

މި ސްކޫލުގެ ކަރަންޓް 3 ފޭހަށް ބަދަލު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކެޔޮދޫ ސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރިޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން ކެޔޮދޫ ސްކޫލަށް ވަޑައިގެން ދެއްވުން އެދެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

21 އެޕްރީލް 2015 ވާ (އަންގާރަ) ދުވަހުގެ 14:00އަށް

28 އެޕްރީލް 2015 ވާ (އަންގާރަ) ދުވަހުގެ 14:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6700804 ފޯނާ ގުޅުއްވުން އެދެމެވެ.

ކެޔޮދޫ ސްކޫލުގެ ކަރަންޓް 3 ފޭހަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި ސްކޫލުގެ ނަންބަރު GS70/2015/08ފ(12 މާރިޗު 2015) އިޢުލާނާ ގުޅިގެން މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ނުލިބުމުން އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

24 ޖުމާދަލްއާޚިރާ 1436

13 އޭޕްރިލް 2015
ހޯދާ