ހައްދުންމަތީ ކަލައިދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
މިނީކެފޭ (ގާޑިޔާ) ހިންގުމަށް ބިން ކުއްޔަށް ދިނުމާއި ގުޅޭ

މިރަށު ބޮޑުތަކުރުފާނުމަގުން ފެންގަނޑަށް ވަންނަން އޮތް ގޯޅިން އުތުރުން މަގާއި އިންވެގެން މިނީ ކެފޭ (ގާޑިޔާ) ވިޔަފާރި ކުރުމަށް 1500 އަކަފޫޓްގެ ބިމެއް 05 އަހަރު ދުވަހަށް ދޫކުރުމަށް މި ކައުންސިލުންވަނީ ނިންމާފައެވެ.

         ވީމާ، މި ކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 22 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 27 ފެބްރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ދެމެދުގެ ވަގުތެއްގައި، މި އިޢުލާނާއެކު ލިންކުގައިވާ ރެޖިސްޓްރޭޝަން ޝީޓްގެ ގޫގްލް ފޯމް ފުރުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/250 ރުފިޔާ (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 28 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 13:15 މި އިދާރާގެ މީޓިންގ ރޫމްގައެވެ. މި މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވުން ކޮންމެހެން ލާޒިމެއްނޫނެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 03 މާރިޗް 2024 ވާ އާދިއްތަ ދުވަހު 13:15ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ.

         މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.         

22 ފެބުރުވަރީ 2024
ހޯދާ