ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބައުވެ ހަލާކުވެފައިވާ ސާމާނު ނީލަމުގައި ވިއްކާލުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބައުވެ ހަލާކުވެފައިވާ ސާމާނު ނީލަމުގައި ވިއްކާލުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ސާމާނު ދުވަހު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން، 05 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު (ތީމުގެ / އޯކިޑް މަގު) އަށް ވަޑައިގެން ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ.

ނީލަމުގައި ވިއްކުމަށް ހަމަޖެހިފައިވާ ތަކެތި 04 މާރިޗު 2023 ދުވަހު 10:00 އިން 10:30 އަށް ބެލުމުގެ އިންތިޒާމް މިކޯޓުގައި ހަމަޖެހިފައިވާނެއެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ފެބުރުވަރީ 2024
ހޯދާ