މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް މަގާމަށް މުވައްޒަފެއް ބޭނުންވެއްޖެ

އިޢުލާނު

 

މަޤާމު:

ކައުންސިލް އެސިސްޓެންޓް

މަޤާމުގެ ނަންބަރު:

J-396997

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ

ސެކްޝަން

ކޯޕަރޭޓް އެފެއާޒް ސެކްޝަން

މުސާރަ:

މަހަކު 3,100.00 (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު 1,000.00 (އެއްހާސް ރުފިޔާ)

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ 35% (ތިރީސްފަސް ޕަސެންޓް)

އެހެނިހެން އެލަވަންސް:

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ 1,200.00  (ބާރަސަތޭކަ) ރުފިޔާ (މަހަކު).
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފަ އާއި އިރުޝާދުގެ މަތީން ރާވައި ހިންގައި ބެލެހެއްޓުމާއި އެކު އެ ނިންމުންތައް ތަންފީޒުކުރުމަށްޓަކައި ޢަމަލީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން
  2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލާއި ސެކްރެޓަރީ ޖެނަރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވުން
  3. ރަސްމީ ކޮންމެ ދުވަހަކު އޮފީހުގެ ހުރިހާ ކޮޓަރިއެއް ކުނިކަހާ ސާފުކުރުން
  4. ހަފުތާއަކު 2 ދުވަހު އޮފީހުގެ ހުރިހާ ގޮނޑިތަކާއި މޭޒު، ކަބަޑު، ފައިލް ކެބިން، ފައިލް ބަހައްޓާ ހަރުގަނޑުތަކާއި، ފެކްސް މެޝިނާއި، ފޮޓޯ ކޮޕީ މެޝިން ބަހައްޓާފައި ހުރި މޭޒު ހިރަފުސް ފިލާވަރަށް ރަނގަޅަށް ސާފުކުރުމާއި، ދެ ދުވަހުން އެއް ދުވަހު ކައުންސިލް އިދާރާގެ ހުރިހާ ކުޑަދޮރުފަތްތަކާއި، ބޮޑު ދޮރުފަތްތަކުގެ ބިއްލޫރިތައް ހިރަފުސް ފިލުވައި ރަނގަޅަށް ސާފުކުރުމާއި، އަދި ބިއްލޫރި ސާފުކުރުމުގައި ވިންޑޯރ ކްލީނަރ ބޭނުންކުރުމާއި ކޮންމެ ހަފުތާއަކު ދެ ދުވަހު އޮފީހުގެ ހުރި ކޮޓަރިތަކުގެ ތަޅުމުގެ މުށިތައް ސާފުކޮށް ހިރަފުސް ފިލާވަރަށް ރަނގަޅަށް މޮޕްލައި ސާފުކުރުން
  5. ކައުންސިލް އިދާރާގެ ހުރިހާ ފަންކާތަކެއްވެސް މަހަކު އެއްފަހަރު ހިރަފުސް ފިލާވަރަށް ފޮހެ ސާފުކުރުމާއި، ފަންކާތަކުގައި ފެންފޮތިލުމާއި، ކައުންސިލް އިދާރާގެ އިމާރާތުގައި ހުންނަ ގުދަންތައް ރަނގަޅަށް ސާފުކޮށް ގުދަނުގައި ބަހައްޓާ ތަކެތި ތަރުތީބު އޮޅުނަ ނުދީ ރަނގަޅަށް ބެލެހެއްޓުން
  6. ކޮންމެ 6 (ހައެއް) މަހުން އެއް މަހު ކައުންސިލް އިދާރާގެ ހުރިހާ ފޮތްތަކާއި ފައިލްތައް ހިރަފުސް ފިލާވަރަށް ފޮހެ ސާފުކުރުމާއި، ހަރުގަނޑުތަކުގެ އެތެރެވެސް ހިރަފުސް ފިލާވަރަށް ރަނގަޅަށް ފޮހެ ސާފުކުރުމާއި ކޮމްޕިއުޓަރތަކާއި ފެކްސް މެޝިނާއި ފޮޓޯކޮޕީ މެޝިން ފިހި ބޭނުންކޮށްގެން ވަރަށް ބޮޑަށް ފަރުވާ ބަހައްޓައިގެން ހިރަފުސް ފިލާވަރަށް ރަނގަޅަށް ސާފުކުރުން
  7. ކައުންސިލް އިދާރާގެ ފާޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން
  8. ކައުންސިލް އިދާރާގެ މީޓިން ހޯލް (ދަސްވަނި މާލަން) ، ކޮންމެ ދުވަހަކު ކުނިކެހުމާއި، ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު މޮޕްލުމާއި، މީޓން ރޫމް (މުޝާވިރު މާލަން) ކޮންމެ ދުވަހަކު ކުނިކެހުމާއި، ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު މޮޕްލުމާއި ، މީޓިންތަކަށް ދުރުވާ ފަރާތްތަކަށް ވެރިން އަންގަވާ ގޮތެއްގެ މަތީން ކޮފީ / ޖޫސް އެރުވުން
  9. ކޮންމެ ހަފުތާއަކު އެއް ދުވަހު ކައުންސިލް އިދާރާގެ ހުރިހާ ކޮޓަރިތަކެއްގެ ސީލިންގާއި ފާރުތަކުން މަކުނުވާ، ހިރަފުސް ފިލާވަރަށް ފޮހެ ސާފުކުރުމާއި، ކައުންސިލް އިދާރާގެ ފާޚާނާގެ ތަޅުން މުއްޓާއި ބިތު މުށިތަކާއި، ފާޚާނާތަށި ކޮންމެ ހަފުތާއަކު އެއް ދުވަހު ދޮވެ ސާފުކުރަންވާނީ ޓައިލްސް ކްލީނަރ ބޭނުންކޮށްގެންނެވެ. އަދި ކައުންސިލް އިދާރާގެ ގޯތިތެރެ ވިނަ ނޮޅާ ކުނިކަހާ ސާފުކުރުމާއި، އެ ކުނިތައް އަޅަން ހަމަޖައްސާފައިވާ ކުނިގޮނޑަށް އުކާލުމާއި، ކަރުދާސް އަޅާ ޑަސްބިނުގައި ހުންނަ ކަރުދާސްތައް ރައްކާތެރިކަމާއި އެކު އެންދުން
  10. ކައުންސިލް އިދާރާގެ ދޮރުފޮތިތައް ހަޑިވިޔަ ނުދީ ސާފުކޮށް ބެލެހެއްޓުން
  11. ކައުންސިލް އިދާރާގެ ދިދަ ހަޑިވިޔަ ނުދީ ބަދަލުކުރަމުން ގެންދިޔުން
  12. އެކި ފަރާތްތަކަށް ކައުންސިލް އިދާރާގެ ފަރާތުން ހަވާލުކުރަންޖެހޭ ސިޓީ ފަދަ ތަކެތި އެ ފަރާތްތަކަށް ރައްދުކުރުމާއި، އެ ފަދަ ކަމަކަށް ކައުންސިލަށް ގެންނަންޖެހޭ މީހުންނަށް އަންގަންގޮސް އެންގުމާއި، ކައުންސިލް އިދާރާގެ ފަރާތުން ޖަލްސާތަކަށާއި ބައްދަލުވުންތަކަށް މީހުންނަށް ކިޔުމަށް ދިޔުމާއި އެ ފަރާތްތަކަށް އަންގައި ސޮއިކުރުވުމާއި ، ޖަލްސާތަކަށް ހޯލް ތައްޔާރުކުރުމުގައި ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތީން މަސައްކަތް ކުރުން
  13. ކައުންސިލްގެ އިދާރާ އާއި ދުރުގައި ހުރި ކައުންސިލް އިދާރާގެ ގުދަން ސާފުކޮށް ބެލެހެއްޓުމާއި، ގުދަނުގައި ހުންނަ އެންމެހާ ތަކެތި ތަރުތީބުކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި ގުދަނުގައި ހުންނަ ތަކެތި ދޫކުރުމާއި ދޫކުރިތަކެތި ބަލައިގަތުމުގައި ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވެ ދިނުމާއި، ދޫކުރި ތަކެތި ސްޓޮކް ބަލަހައްޓާ މުވައްޒަފަށް ވަގުތުން އެންގުމާއި ކައުންސިލް އިދާރާއިން ބެލުމުގެ ދަށުގައި ހުރި އެންމެހާ އިމާރާތްތައް ސާފުކޮށް ބެލެހެއްޓުމާއި ކައުންސިލުން އަދި ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތީން ކުރަންޖެހޭ މަރާމާތުތައް ކުރުން
  14. ކައުންސިލްގެ އިދާރާއިން ބަލަހައްޓަމުން ގެންދާ އާންމު ފެންތާނގީތައް ސާފުކޮށް ބެލެހެއްޓުމާއި ، ފެންތާނގީތަކަށް ވިއްސާރަ ދުވަސް ދުވަހު ފެން އެޅުމަށް ވޭލު ދޫކޮށް ސާފުކުރުމާއި، ފެން އަޅާ ނިމުމުން ވޭލް ބަންދުކުރުން އަދި ތާނގީތަކަށް އެޅެނީ ބޯންކަމުދާ ސާފު ފެންތޯ ބަލާ ކަށަވަރުކުރުމާއި ފެންތާނގީތަކަށް ފެން ނެގުމަށް ހިޔާކޮށްފައިވާ ފުރާޅާއި ދިޔަ ދޮވި ވާރޭވެހޭ ދުވަސްތަކުގައި ސާފުކޮށް ބެލެހެއްޓުމާއި، ހަންތަކުގެ މަތިތައް 6 މަހުން އެއް ފަހަރު ވަރަށް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން
  15. ދައުލަތުގެ އޮފީސްތަކުން ކައުންސިލްގެ އިދާރާއަށް ފޮނުވާ ތަކެއްޗާއި، އަދި އެކި ރަށްރަށުންނާއި މާލެއިން ކައުންސިލްގެ އިދާރާއަށް ގެންނަ ތަކެތި، ބަނދަރުން ކައުންސިލްގެ އިދާރާއަށް ނުވަތަ ގުދަނަށް ގެނައުމާއި ކައުންސިލް އިދާރާގެ ބޭނުންތަކަށް ރަށަށް އަންނަ ވަފުދުތައް ގެންނަ ލަގެޖް އެބައިކަލުން ތިއްބަވަން ހަމަޖައްސާފައިވާ ކޮޓަރިތަކަށް ގެންދިޔުމާއި އެ ތަކެތި ފުރާ ގަޑިއަށް ބަނދަރަށް  ގެންދިޔުމާއި އެތަކެތި އަރުވަން ކައުންސިލް އިދާރާގެ ފަރާތުން ރަށުން ބޭރަށް (އަތޮޅު ކައުންސިލަށް، މާލެއަށް، އެހެން ރަށަކަށް) ފޮނުވަންޖެހޭ ތަކެތި ކައުންސިލް އިދާރާގެ ބަރޯގައި ބަނދަރަށް ގެންދިޔުމާއި އެތަކެތި އަރުވަންޖެހޭ އުޅަނދަކަށް އެރުވިކަން ކަށަވަރުކޮށް މަސައްކަތް ހަވާލުކުރި މުވައްޒަފަށް އެކަން ނިމުނުކަން އެންގުން
  16. ކައުންސިލް އިދާރާގެ ފަރާތުން ބަލަހައްޓާ ދަބަރުޖަހާ ފަދަ އެންމެހާ ތަކެތި ދަބަރު ވިޔަ ނުދީ ފޮހެ ސާފުކޮށް ތެޔޮ ލާއި ބެލެހެއްޓުމާއި އިޖުތިމާޢީ މަސައްކަތްތައް ރަށުގައި ކުރާ ދުވަސްތަކުގައި އެ މަސައްކަތްކުރުމަށް ބޭނުންވެގެން ހޯދަންޖެހޭ ކައުންސިލް އިދާރާގައި ނެތް ހުރިހާ ތަކެތި ހޯދުމުން އެތަކެތި ސައިޓަށް ގެނައުމާއި، ގެނަ ތަކެތި މަސައްކަތް ނިމުމުން ރަނގަޅަށް ސާފުކޮށް ތެޔޮ ލާންޖެހޭ އެއްޗެއް އޮތް ނަމަ، ތެޔޮލުމަށްފަހު މީހުން އަތުން ގެނަ ހުރިހާ ތަކެތި ހަމަ ވަގުތުން އެ ފަރާތްތަކާއި ހަވާލުކޮށް ކަމާއި ބެހޭ މުވައްޒަފަށް އެކަން އެންގުން
  17. ފާހަގަކުރަންޖެހޭ ދުވަސްތަކުގައި ރަށުތެރެ ޒީނަތްތެރިކުރުމަށް ދިދަ، ފޮތި ދެމުމާއި ދިދަ ޖަހަންޖެހޭ ސަރަހައްދުތަކުގައި ދިދަ ޖެހުމުގެ މަސައްކަތްކުރުމާއި، އެތަކެތި ނަގާ ހަމަކުރުމަށްފަހު ގުދަނުގައި ރައްކާތެރިކުރުން
  18. ކައުންސިލް އިދާރާގެ ގޯތީތެރޭގައި ގަސް އިންދާ ފެންދީ ހެއްދުމާއި، ރަށު ކައުންސިލުން ޖަހާ ހައްދާ ރުއް ގަހަށް ފެންދީ ބެލެހެއްޓުމާއި ކައުންސިލް އިދާރާގެ ވަޅު 3 މަހުން އެއް ދުވަހު ފެއްސާ ލޮނދި ފިލާވަރަށް ސާފުކޮށް ވަޅުދިޔަ ހިއްކުމާއި، ކައުންސިލް އިދާރާގެ ބޭރު ދިއްލާ ނިއްވުން، ބަނދަރު މަތި ދިއްލުން، އަދި ކައުންސިލް އިދާރާ އާއި ބަނދަރުމަތީ ލައިޓް ނުދިލޭނަމަ ދިއްލުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން
  19. ރަށުކައުންސިލުން އާންމުކޮށް އަންގަންޖެހޭ އެންގުންތަކާއި، އިޢުލާންތައް ހޭލުންތެރިކަމުގެ ބޯޑުގައި ތަތްކުރުމާއި، މީހުން ގިނައިން އެއްވެ ތިބޭ ސަރަހައްދުން ކަނޑައަޅާފައިވާ ތަންތާނގައި ތަތްކުރުމާއި، މުއްދަތު ހަމަވުމުން އެތަކެތި ނަގާ ސާފުކުރުމާއި ރަށުތެރޭގައި މެގަފޯން ބޭނުންކޮށްގެން އަންގަންޖެހޭ އެންގުންތައް އެންގުމާއި  ކަމާއި ގުޅޭ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން
  20. ހަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުމާއި އޮފީހުން އަންގާ އެންމެހާ މަސައްކަތްތައް ސްޕްވައިޒަރުގެ ލަފަ އާއި އިރުޝާދުގެ ދަށުން ކުރުން
  21. ކައުންސިލަށް ދިމާވާ ކުއްލި އެމެޖެންސީތަކާއި އެންމެން ޝާމިލުވާންޖެހޭ ޚާއްސަ ކަންކަމުގައި ބައިވެރިވެ އެހީތެރިވެދިނުމާއި އަދި ކައުންސިލް އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތައްކުރުން

މަޤާމުގެ ޝަރުޠުތައް

ލިޔަން ކިޔަން އެނގުމާއި އެކު، އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދު މީހެއްކަމުގައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާ:

-          ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ ލިޔުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުން
  • ޝަރުޠުހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
  • އިންޓަރވިއު

50%

5%

5%

40%

މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 70 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބިގެންނެވެ.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 03 މާރިޗު 2024 އާއި 07 މާރިޗު 2024 އާ ދެމެދު، މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ ގައެވެ.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720032 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

 

22 ފެބުރުވަރީ 2024
ހޯދާ