މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަގާމަށް މުވައްޒަފެއް ބޭނުންވެއްޖެ

އިޢުލާނު

 

 

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

      J-396994

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ-އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ

ސެކްޝަން

ކޯޕަރޭޓް އެފެއާޒް ސެކްޝަން

މުސާރަ:

މަހަކު 4465.00

ސަރވިސް އެލަވަންސް:

މަހަކު 1500.00

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ 35%

އެހެނިހެން އެލަވަންސް:

-          ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ފެންޝަން ކޮންޓްރިބިއުޝަން

-          ސިވިލްސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

-          ސަޕޯރޓިން ކޯ އެލަވަންސް 700.00ރ.

-          ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ލިބޭ ނަމަ، އެއަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސަވައި ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ރަށްވެހިކަމުގެ ނުވަތަ މުނިސިޕަލް ޚިދުމަތްތަކާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
  4. ކައުންސިލް އިދާރާ އާއި ، ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނަށް ބޭނުންވާ މުއައްޒަފުން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުމާއި، މުއައްޒަފުންނަށް ނަސޭހަތް ދިނުމާއި، ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަންޖެހޭ މުއައްޒަފުންނަށް އިސްލާހީ ފިޔަވަޅު އެޅުމުގެ ކަންކަން ސެކްޝަންގެ އިސްވެރިޔާގެ ލަފާގެ މަތީންކުރުން
  5. ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން މުވައްޒަފުންގެ ފެންވަރު ބެލުމުގެ ކަންކަން ( އޭޕްރައިޒަލްގެ މަސައްކަތްތައް ) ކުރިޔަށް ގެންދިޔުމާއި، މަސައްކަތް ހިނގާ މިންވަރު ބަލައި ސްޕަވައިޒުކުރުމާއި، މަސައްކަތުގެ ފެންވަރު ބެލުމާއި ވަޒަންކުރުމާއި، މުސާރައިގެ ކުރިއެރުން ދިނުމުގެ ކަންކަން ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތީން ކުރުން
  6. ކައުންސިލް އިދާރާ އާއި، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުއައްޒަފުންގެ ހާޟިރީ އާއި ސަލާމުގެ ޗުއްޓީގެ ރެކޯޑުތައް ބެލެހެއްޓުމާއި، އިތުރުގަޑީގައި މަސައްކަތްކުރާ މުއައްޒަފުންގެ އިތުރުގަޑީގެ ރިޕޯޓާއި، ގަޑީލާރީގެ ރިޕޯޓް ކޮންމެ މަހެއްގެ 20 ވަނަ ދުވަހުގެ ކުރީން ތައްޔާރުކޮށް ފައިސާ އާއި ބެހޭ ޔުނިޓަށް ފޮނުވުން
  7. މުވައްޒަފުންގެ އަހަރީ ޗުއްޓީ ތާވަލް ކޮންމެ އަހަރެއްގެވެސް ޖަނަވަރީމަހުގެ 15 ގެ ކުރިން އެކުލަވާލާއި އާންމުކޮށް ނިންމުމާއި، ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތީން މި މަސައްކަތްކޮށް ނިންމުން
  8. މުވައްޒަފުންގެ ވަޒީފާގެ ބަޔާންތަކާއި، ވަޒީފާގެ އެއްބަސްވުންތައް ސެކްޝަންގެ ވެރިޔާގެ އިރުޝާދުގެ މަތީން އެކުލަވާލާ މުވައްޒަފުން ލައްވާ ސޮއިކުރުވުމާއި، މުވައްޒަފުންނަށް މަސައްކަތްތައް ލިޔުމުން ހަވާލުކުރުމުގެ ކަންކަން ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތީން ކޮށްނިންމުން
  9. ކައުންސިލް އިދާރާ އާއި، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ މުއައްޒަފުންނަށް ޗުއްޓީ ދިނުމުގެ ދިނުމުގެ އިދާރީ އެންމެހާ މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތީން ކޮށްނިންމުން
  10. ކައުންސިލް އިދާރާ އާއި، ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ދާއިމީ މުއައްޒަފުންގެ ރަޖިސްޓްރީއާއި، ވަގުތީ މުއައްޒަފުންގެ ރަޖިސްޓްރީ އަށް އަންނަ އުނި އިތުރު ލިޔެ ބެލެހެއްޓުން
  11. ކައުންސިލް އިދާރާގެ މުއައްޒަފުންގެ ރެކޯޑުފައިލުތައް ބެލެހެއްޓުން
  12. ސެކްޝަން ވެރިޔާ އަންގަވާ ގޮތެއްގެ މަތީން ސިވިލް ސަރވިސް ގަވާއިދާއި، އުސޫލުތަކުގެ ތެރެއިން މުއައްޒަފުންނަށް މުސާރައިގެ ކުރިއެރުން ހޯދައިދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން
  13. ސެކްޝަންގެ ވެރިޔާ އަންގަވާ ގޮތެއްގެ މަތީން ކައުންސިލް އިދާރާގެ މުއައްޒަފުންނަށް ތަފާތު ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހޯދައިދިނުމާއި، މުއައްޒަފުންނަށް ބޭނުންވާ ތަމްރީނުތަކަކީ ކޮބައިތޯ ބަލައި އެ ތަމްރީނުތައް އެ މުއައްޒަފުންނަށް ހޯދައިދިނުމަށް މަސައްކަތްކުރުން
  14. ސެކްޝަން ވެރިޔާ އަންގަވާ ގޮތުގެ މަތީން ކައުންސިލް އިދާރާގެ އޮނިގަނޑު ތައްޔާރުކުރުން
  15. ކައުންސިލްގެ ބައްދަލުވުންތަކަށާއި، ޖަލްސާ އަދި އިވެންޓްތަކަށް ކައުންސިލަރުންނަށާއި، ކައުންސިލްގެ މުއައްޒަފުންނަށް ދެންނެވުމަށާއި، ކައުންސިލްގެ ބައްދަލުވުންތަކުގެ އެޖެންޑާ ކައުންސިލްގެ މެމްބަރުންނަށް ފޮނުވުން
  16. ކައުންސިލްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި، ކައުންސިލްގެ އާންމު/ކުއްލި ބައްދަލުވުންތަކުގެ ޔައުމިއްޔާ އަތޮޅު ކައުންސިލަށް ފޮނުވުމަށާއި، ކައުންސިލްގެ ބައްދަލުވުންތަކުން ނިންމާ ނިންމުންތައް ލިޔެ ބެލެހެއްޓުމާއި، އެ ނިންމުންތައް އާންމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތީން ކޮށްނިންމުން
  17. ކައުންސިލް މެމްބަރުންގެ ހާޟިރީ އާއި، ކައުންސިލް އިދާރާގެ މުއައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި، ކައުންސިލް މެމްބަރުންގެ ޗުއްޓީގެ ރެކޯޑުތަކާއި، ރަސްމީ ބޭނުމަށް ދޫކުރެވޭ މުއައްޒަފުން/ކައުންސިލަރުންގެ ރެކޯޑުތައް ފުރިހަމައަށް ބެލެހެއްޓުން
  18. އީކައުންސިލް ވުނަ، ސީއެސްވިއުގަ އަދި އެހެނިހެން މޮޑިއުލްތަކުގެ ތެރެއިންވެސް ހަވާލުކުރެވިފައިވާ މަސައްކަތްތައްކުރުން
  19. ސެކްޝަންވެރިޔާ އަންގަވާ ގޮތެއްގެ މަތީން އިދާރީ މަސައްކަތްތައްކުރުމާއި، ކައުންސިލްގެ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވެ މަސައްކަތްކުރުން

މަޤާމުގެ ޝަރުޠުތައް

  1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2249) އަދި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ       އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • އަސާސީ ޝަރުތު ހަމަވުން
  • ޝަރުޠުހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ
  • އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
  • އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
  • އިންޓަރވިއު

30%

5%

5%

25%

35%

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected] އީމެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ 03 މާރިޗު 2024 އާއި 07 މާރިޗު 2024 އާ ދެމެދު، މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ ގައެވެ.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6720032 އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

 

22 ފެބުރުވަރީ 2024
ހޯދާ