ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑްރައިވަރ (ހދ.ހަނިމާދޫ ބްރާންޗް)

ނަންބަރު:FNK/A/IUL/2024/30   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ހދ.ހަނިމާދޫ ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ. 

ޑްރައިވަރ

މަޤާމް:

01 (އެކެއް)

ބޭނުންވާ އަދަދު:

ޓެކްނިކަލް މެއިންޓެނެންސް އެންްޑް ޕަވަރ ޕްލާންޓް ޑިއުޓީ   

ޑިޕާޓްމަންޓް:

ހދ.ހަނިމާދޫ ބްރާންޗް

މަސައްކަތް ކުރާތަން:

4650ރ. (ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)

އަސާސީ މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

(ށ) މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން

(ނ) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަން އިން ދޫކޮށްފައިވާ C0,C2 ކެޓަގަރީގެ ޑްރައިވިންގ ލައިސެންސް އޮންނަ މީހަކު ކަމުގައިވުން.

(ރ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ބްރާންޗުގައި ބޭނުންކުރާ ހުރިހައި ވެހިކަލެއްވެސް އެވެހިކަލެއް ދުއްވަން ކަނޑައަޅާފައިވާ ސްޕީޓްގައި ދުއްވުން.
  • ވެހިކަލް ބޭނުންކުރަން ފެށުމުގެކުރިން އިންޖީނުގެ އަޑީތެލާއި، ފެން ހަމަތޯ ބެލުމާއި، އަދި ޗެކުކުރަންޖެހޭ އެހެނިހެން ކަންތައްތައް ޗެކުކުރަމުން ގެންދިއުން.
  • ގޭގެ އާއި ޢިމާރާތްތަކުން ކުނި އުކާލުމަށްޓަކައި ކުންފުނިން ހަމަޖައްސާފައިވާ ވެހިކަލާއި ޙަވާލުވުމަށްފަހު ފަރުވާތެރިކަމާއިއެކު ބަލަހަށްޓަމުން ގެންދިއުން. (ވެހިކަލް ދުއްވުމުގެތެރޭގައި ޑްރައިވަރުގެ އިހުމާލުން ލިބޭގެއްލުމުގެ ޒިންމާ ޑްރައިވަރު އުފުލަންޖެހޭނެ ކަމަށާއި، އަދި ވެހިކަލް ދުއްވުމުގެ ތެރޭގައި ގަވާޢިދާއި ޚިލާފުވެގެން ކުރާ ޖޫރިމަނާގެ ފައިސާ ޑްރައިވަރު ދައްކަންވާނެއެވެ. )
  • ހުރިހައި ވެހިކަލެއްވެސް ގެންގުޅެންޖެހޭނީ ރަނގަޅަށް ފުހެ ސާފުކުރުން.
  • ކޮންމެ ވެހިކަލެއްވެސް ހަފްތާއަކު އެއްފަހަރު ރަނގަޅަށް ދޮވެ ތެޔޮޖަހާ ސާފުކޮށް ބެލެހެއްޓުން.
  • ވެހިކަލަށް ދިމާވާ މައްސަލަތައް، އިސްމުވައްޒަފުންނަށް އަންގާ އެކަންތައް ހައްލުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • އޮފީހުން އަންގާ ތަނުގެ ހުރިހައި ދަތުރުތަކަކާއި، އެހެނިހެން ދަތުރުތައް ކުރުން.
  • ހުރިހައި ވެހިކަލެއް ވެސް ގަޑިހަމަކޮށް ކުރަންޖެހޭ މެއިންޓެނެންސް މަސައްކަތްތައް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތައް ކުރުން. މިގޮތުން  އިންޖީނުގެ ތަކުގެ އަޑީތެޔޮ ބަދަލުކުރުން، ފިލްޓަރުތައް ބަދަލުކުރުން،  ބެޓްރީގެ ފެންހަމަތޯ ބަލާ ހަމަނޫންނަމަ ފެންހަމަކުރުން.
  • ވެހިކަލުން ކުރާ ހުރިހައި ދަތުރުތަކެއްގެ ރެކޯރޑް ޤަވާޢިދުން ބަލަހައްޓަމުން ގެންދިއުން.
  • އިންޖީނުތައް ހިންގުމަށް ބޭނުންވާ ޑީސަލް އުފުލަން ޖެހިއްޖެ ހާލަތެއްގައި އުފުލުމާއި، އަދި ތަނަށް ބޭނުންވާ އެހެނިހެން ތަކެތި އުފުލުމާއި ގުދަން ކުރުން.
  • ވެހިކަލް ބޭނުންކޮށްގެން ކުރަންޖެހޭ ހުރިހައި މަސައްކަތެއްގައި ވެސް ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން.
  • ވަޒީފާ އަދާކުރަން ކަނޑައެޅިފައިވާ ގަޑި ނިންމާލުމުން މަސައްކަތައް ބޭނުންކުރި ވެހިކަލް ރަނގަޅަށް ސާފުކުރުމަށް ފަހު އެވެހިކަލްގެ ތަޅުދަނޑި އޮފީހާއި ޙަވާލުކުރުން. ( ކަނޑައެޅިފައިވާ ރޯސްޓާއާއި އެއްގޮތަށް )
  • ވެހިކަލްތަކާއި، އިކްއިޕްމެންޓްތައް ރަނގަޅު ގޮތުގައި މެއިންޓެއިން ކުރުމަށް ( ސާރވިސްކުރުމަށް ) ބޭނުންވާ ތަކެތި ފާހަގަކޮށް އެކަމާއިބެހޭ ފަރާތްތަކަށް އެންގުން.
  • ވެހިކަލްއާއި، އިކްއިޕްމެންޓްތައް މެއިންޓެއިން ކުރުމުގާ ޢަމަލީގޮތުން ބައިވެރިވެ، މަސައްކަތްކުރާ މާހައުލު ރައްކާތެރިކޮށް ބެލެހެއްޓުން.
  • މަސައްކަތް ނިމުމަށްފަހު ކަނޑައެޅިފައިވާ ރައްކާތެރި ތަނެއްގައި އިކްއިޕްމެންޓްތަކާއި، ވެހިކަލްތައް ބެހެއްޓުން.
  • ޑިއުޓީ އަދާކުރަން ކަނޑައެޅިފައިވާ ވަގުތު ހަމަވި ކަމުގައި ވިޔަސް ކުންފުނިން / އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި މަސައްކަތައް ނިކުތުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ހދ.ހަނިމާދޫ ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

22 ފެބްރުއަރީ 2024

12 ޝައުބާން 1445 

22 ފެބުރުވަރީ 2024
ހޯދާ