ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކުރުން

އިޢުލާން

               ކުޅުދުއްފުށި ސިޓީގައި ޕަބްލިކް ލައިބްރަރީއެއް ޤާއިމުކުރުމުގެ މަސައްކަތަކީ ސިޓީ ކައުންސިލުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ. ލައިބްރަރީއަށް ބޭނުންވާ އިންފްރާންސްޓްރަކްޗާ ޤާއިމްކުރުމާއިއެކު ތަނަށް ބޭނުންވާ ފޮތްތައް ހޯދުމަށް މިއިދާރާގެ ފަރާތުން މިދަނީ މަސައްކަތްތަކެއް ކުރެވެމުންނެވެ.

އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ކުތުބުހާނާއާއި ގުޅިގެން ކުރިޔަށްގެންދެވުނު "ބުކް/ ޖޯންރާ ޕްރިފަރެންސް ސާރވޭ" ގެތެރެއިން ގިނަ ފަރާތްތަކަކުން ލައިބްރަރީއަށް ފޮތް ހަދިޔާކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ، އެފުރުޞަތު އެންމެހާ މުއައްސަސާތަކާއި، ކްލަބް ޖަމިއްޔާ ޖަމާއަތްތައް އަދި އާންމު ރައްޔިތުންނަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވެމެވެ.

މީގެ ބޭނުމަކީ ލައިބްރަރީގެ ފޮތް ކަލެކްޝަން ޑައިވާސިފައިކޮށް، އިތުރުކުރުމާއި އަދި ބޭނުންކޮށްފައިވާ ފޮތްތައް އެހެން ފަރާތްތަކަށް ކިޔޭނެ މަގު ފަހިކޮށްދިނުމެވެ. ހަދިޔާ ކުރައްވާ ފޮތްތަކުގައި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ބަޔާންކުރާ ޝީޓް މި މިޢުލާނާއިއެކު އާންމުކުރެވިފައިވާނެއެވެ.

ވީމާ ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓަރ ވެލެއްވުން އެދެމެވެ. ރަޖިސްޓަރ ވުމުގެ ސުންގަޑިއަކީ 10 މާރޗް 2024ގެ މެންދުރު 12:00ގެ ނިޔަލަށެވެ. ރަޖިސްޓަރ ވެލެއްވުމުން ފޮތް ހަދިޔާކުރުމުގެ ކަންކަން ހަމަޖެއްސުމަށް މިއިދާރާގެ ފަރާތުން ގުޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ. 

ރެޖިސްޓްރޭޝަން ލިންކް: https://shorturl.at/CFQ02

               ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

22 ފެބުރުވަރީ 2024
ހޯދާ