މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ، އިވެންޓްސް އޮޕަރޭޝަންސް

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                    އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2024/19

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: އެސިސްޓެންޓް މެނޭޖަރ، އިވެންޓްސް އޮޕަރޭޝަންސް

މުސާރަ (މަހަކު) : -/11,520 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް: -/4,032  ރުފިޔާ މަހަކު

ލިވިންގ އެލަވަންސް: -/3,456  ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: އިވެންޓްސް އޮޕަރޭޝަންސް

ބޭނުންވާ އަދަދު: 1

1. ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު: 

 ހ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 (ބެޗްލާސް ހޮނާސް ޑިގްރީ/ބެޗްލާސް ޑިގްރީ/ޕްރޮފެޝަނަލް ޑިޕްލޮމާ/ ޕްރޮފެޝަނަލް ސެޓްފިކެޓް)ގެ ސަނަދެއް ހާސިލްކޮށްފައިވުން

 (ނުވަތަ)

 ށ. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 (ޑިޕްލޮމާ)ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަޤާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

(ނުވަތަ)

 ނ.ޖީސީއީ އޯލެވެލް ފުރިހަމަ ކުރުމާއެކު، މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 2. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  ހ. ކޯޕަރޭޝަނުން ކުރިއަށް ގެންދާ ލޯކަލް އަދި އިންޓަރނޭޝަނަލް އިވެންޓްސް ރާވާ ހިންގުމުގެ މަސައްކަތް މެނޭޖްމަންޓްގެ ލަފާގެ މަތިން ކުރުން.

  ށ. ކޯޕަރޭޝަންގެ އަހަރީ އިވެންޓް ކަލަންޑަރު ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.

  ނ. އިވެންޓްސް އޮޕަރޭޝަންސް ސެކްޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.   

  ރ. އިވެންޓްތަކުގެ މަސައްކަތުގެ ޕްރޮގްރެސް ޤަވާޢިދުން މޮނިޓަރކޮށް މެނޭޖްމަންޓަށް މައުލޫމާތު ފޯރުކޮށްދިނުން. 

  ބ. އިވެންޓްތަކަށް ދަތުރުކުރާ ފަރާތްތަކުގެ އެކޮމަޑޭޝަންސް ހަމަޖެއްސުމާއި، ލޮޖިސްޓިކް ހަމަޖެއްސުމުގެ މަސައްކަތް ކުރުން.

  ޅ. ކޯޕަރޭޝަނުން ކުރިއަށް ގެންދާ ހަރަކާތްތައް ބާއްވާ ވެނިއުތަކަށް ދާންޖެހިއްޖެނަމަ އެތަނަށް ގޮސް ސައިޓް އިންސްޕެކްޓް ކުރުމާއި، އެތަނުގެ އެންމެހާ އިންތިޒާމްތައް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން. 

  ކ. ކޯޕަރޭޝަނުން ކުރިއަށް ގެންދާ އެކިއެކި ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

 3. ފޯމު ހުށައަޅަންވީ ތަނާއި ތާރީޚް:

27 ފެބުރުއަރީ 2024 ވާ އަންގާރަ ދުވަހުގެ 1400 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 4. ހުށައަޅަންޖެހޭ ލިޔުންތައް:

 ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

 ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

 ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ

 ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

 ކ. މުއްދަތު ހަމަނުވާ ޕޮލިސް

 5. އިތުރު މަޢުލޫމާތު:

 ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

 ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

 ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

 ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://corporate.visitmaldives.com/downloads/) މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ ގޮތުގައެވެ.

 ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

 6. އެޑްރެސް ކުރައްވާނީ:

ފާޠިމަތު ތައުފީގު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

21 ފެބުރުވަރީ 2024
ހޯދާ