ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ ހުރި ބައު ސާމާނު ނީލަމުގައި ވިއްކާލުން

 އިއުލާން ނަންބަރ 60- އޭޑީއެމް / 2024/ 21 އަދި 60- އޭޑީއެމް 2024 / 34  އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ،ކުރިން ކޮއްފައިވާ ދެ އިއުލާން ބާތިލްކޮއް އަލުން ނީލަމްގައި މިތަކެއްތި ވިއްކާލުމަށް އިއުލާން ކުރަމެވެ. ވީމާ މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދަންނަވާ ދުވަހުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ނަންނޯޓްކުރައްވާ ފަރާތްތަކުން ޕްރިންޓް ކުރެވިފައިވާ ކަރުދާހުގައެވެ.

 

ހާޒިރުވާންވީ ތަން

ގަޑި

މަޢުލޫމާތު ސާފުކުރުން

އަގުހުށަހެޅުން

އެސް.ޓީ.އޯ ހެޑްއޮފީސް

10:00

26/02/2024

27/02/2024

 

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުށް ބިލް ޙަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

21 ފެބުރުވަރީ 2024
ހޯދާ