ދިވެހިރާއްޖެ
މަޤާމް: ކޮމިޔުނިކޭޝަން ކޮންސަލްޓަންޓް
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/35,000 ރުފިޔާ
މުއްދަތު: 1 (އެކެއް) އަހަރު
މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް / މާލެ
ފެންވަރު ނުވަތަ ޝަރުޠު:
- (ހ) ކޮމިޔުނިކޭޝަންސް ނުވަތަ ޖަރނަލިޒަމް ނުވަތަ މާކެޓިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މައިގަނޑު މަސައްކަތް
ޖިނާއީ ޢަދުލުގެ ނިޒާމު ހިނގާ ގޮތާއި ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައި، ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ޓީވީ، ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުންނަށް އަންގައިދިނުމަށް ޕްރޮގްރާމްތައް ރާވައި ހިންގުން
ޖިނާއީ އަދުލުގެ ނިޒާމުގައި ހަރަކާތްތެރިވާ މުއައްސަސާތަކުގެ މެދުގައި ފަސޭހަކަމާއެކު މުއާމަލާތްކުރެވޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް އިދާރާތަކަށް އެހީތެރިވެދިނުން
ކުށުގެ ޝިކާރައަކަށްވާ މީހުންނާއި ކުޑަކުދިންނަށް ހާއްސަކޮށްގެން، ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ތައްޔާރުކޮށް، ވިޒިބިލިޓީ ކެމްޕޭންތައް ރާވައި ހިންގުން
މިނޫނަސްވެސް، ޖިނާއީ އަދުލުގެ ނިޒާމަށް އާންމުންގެ އިތުބާރު އިތުރުކުރުމަށްޓަކައި ޕްރޮގްރާމްތައް ހިންގުން
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 27 ފެބުރުވަރީ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ލިންކް: https://online.pgo.mv/applications/jobs
ނޯޓް: 1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
2- މިމަޤާމަށް ހޮވޭ މުވައްޒަފަކު މިއޮފީހުގެ ގޮފިތަކުގައި މަސައްކަތްކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރަންޖެހޭނެއެވެ.
3- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 28 އިން 05 މާރޗް 2024 އާ ދެމެދު މާލޭގައެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
3- ވަނަވަރު
4- ދރއ. ކާޑުގެ ކޮޕީ
5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
11 ޝައުބާން 1445