ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

އިޢުލާން

 

ފެބްރުއަރީ މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު              

           

      ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، މިއަހަރުގެ ފެބްރުއަރީ މަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން، 26 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެރޭ 21:00 ގައި ކެލާ ޔޫތު ސެންޓަރ ހޯލްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ބައްދަލުވުމުގެ އެޖެންޑާ

  • 2023 ވަނަ އަހަރުގެ މާލީ ހިސާބު ހިއްސާކުރުން
  • 2023 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ހިއްސާކުރުން
  • 2024 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހިއްސާކުރުން
  • ކައުންސިލްގެ ފަރާތުން 2024 ފެބްރުއަރީ 10 އިން 20 އަށް މާލެއަށް ކުރި ދަތުރުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުން

 

      ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 ފެބުރުވަރީ 2024
ހޯދާ