މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ކުލާސްތަށް ފެށުމާއި ގުޅޭ

އިޢުލާން

ޤުރުއާން ކުލާސްތަށް ފެށުމާގުޅޭ

                 މިކައުންސިލްއިން އިންތިޒާމްކޮށްގެން 1 މާރޗް އިން ފެށިގެން ޤުރުއާން ކުލާސްތަކެއް ހިންގުމަށް ވަނީ  ނިންމާފައެވެ. މި ކުލާސްތަކުގައި ކިޔަވައިދެއްވާނީ ރަށުގައި ތިއްބެވި ޤުރުއާންގެ އިލްމު ޙާޞިލް ކުރައްވައިފައިވާ ބޭފުޅުންނެވެ. މިކުލާސްތަށް ފަށައިގަންނައިރު ފުރަތަމަ ކުރިއަށް ގެންދެވޭނީ، ބަލައިގެން ކިޔަން އިނގޭ ދަރިވަރުންނަށް އިސްކަންދީގެންނެވެ. ވީމާ މިކުލާސްތަކުގައި ބައިވެރިވުމަށް އެދޭ ދަރިވަރުން 28 ފެބްރުއަރީ 2024 ވާ ބުދަދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްއަށް ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. މި ކުލާސްތަކުގެ ފީއަކީ  ކޮންމެ ދަރިވަރަކަށް މަހަކު 200.00 ރުފިއާއެވެ.                      

   އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :         6600005

          އީ . މެއިލް :      [email protected]

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

21 ފެބުރުވަރީ 2024
ހޯދާ