މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
މި ވުޒާރާގެ ޕޯޓިކޯ އަދި ރިސެޕްޝަން އޭރިޔާ ޑިޒައިންކޮށް އެ ޑިޒައިނާ އެއްގޮތަށް ތައްޔާރު ކުރުމާބެހޭ

މި ވުޒާރާގެ ޕޯޓިކޯ އަދި ރިސެޕްޝަން އޭރިޔާ ޑިޒައިންކޮށް އެ ޑިޒައިނާ އެއްގޮތަށް ތަން ތައްޔާރު ކުރުމަށް ބޭނުންވެއެވެ.

މަޢުލޫމާތު ދިނުން:             27 ފެބުރުވަރީ 2024، 13:30

އަންދާސީ ހިސާބު ހުށަހެޅުން:      7 މާރޗު 2024، 13:30

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

21 ފެބުރުވަރީ 2024
ހޯދާ