ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީގައި ކުނި މެނޭޖް ކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ

ގދ.ފިޔޯރީގައި ކުނި މެނޭޖް ކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރ(IUL)422-B1/422/2024/5 އިއުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ އެ އިއުލާން ބާޠިލްކޮށް އަލުން އިއުލާން ކުރަމެވެ. މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް ގދ.ފިޔޯރީގައި ކުނި މެނޭޖުކޮށް، ކުނި ކޮށި ބެލެހެއްޓުމާއި ގޭގެއިން ކުނި ނެގުމުގެ  މަސައްކަތް ކޮންޓްރެކްޓް އުސޫލުންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ފެބުރުއަރީ 28 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާ ކުރާމާލަމުގައި ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމުގެ ދައުވަތު އަރުވަމެވެ. ބީލަން ހުޅުވާލެވިފައިވަނީ،ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭ ގޮތުން ބީލަން ހުށަހެޅުން އޮންނާނީ 2024 މާރިޗު 5 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ. ބީލާން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މަތީގައި ދެންވުނު ގާނޫނުތަކާއި އެއްގޮތަށް މައުލޫމާތު ސެޝަނުގައި ބައިވެރިވެ ރަޖިސްޓަރ ވާ ފަރާތްތަކަށެވެ.   

ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.

 

 

އިތުރު މަޢުލޫމާތު

  • ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
  • ފޯން:  4002625
  • އީމެއިލް: [email protected]

 

11 ޝައުބާން 1445

21 ފެބުރުއަރީ 2024

21 ފެބުރުވަރީ 2024
ހޯދާ