ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
މިއުޒިކް ބޭންޑްތަކެއް އުފެއްދުމަށް

އެން.ސީ.އޭގެ ބެލުމުގެ ދަށުން މިއުޒިކް ބޭންޑްތަކެއް އުފެއްދުމަށް

ސަރުކާރުގެ މައިގަނޑު ސިޔާސަތުގައި ޒުވާނުން އުފެއްދުންތެރި ބަޔަކަށް ހެދުމަށް ބާރުއަޅުއްވާފައިވާތީއާއި ޒުވާނުންނަށް ރަނގަޅު މަންފާއެއް ލިބޭ މަސައްކަތެއް ކުރުވުމަށްޓަކައި މިއުޒިކްގެ ދާއިރާގައި ހަރާކާތްތެރިވާ މިހާރުވެސް މިއުޒިކް ކުޅެން ދަންނަ ޒުވާނުންނަށް އަމާޒުކޮށް އެން.ސީ.އޭ ގެ ބެލުމުގެ ދަށުން މިއުޒިކް ބޭންޑްތަކެއް އުފައްދަން ބޭނުންވެއެވެ. އަންހެން އަދި ފިރިހެން ކުދިންނަށް ބައިވެރިވެވޭގޮތަށް އުފެއްދުމަށް ހަމަޖެހިފައިވާ މި ބޭންޑްތަކުގައި ބައިވެރިވެވޭނެ އުމުރުފުރާއަކީ 19 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ.

ވީމާ، މިދެންނެވުނު މިއުޒިކް ބޭންޑްތަކުގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އެޕްރީލް 2015 އިން 13 މޭ 2015 އަށް އެން.ސީ.އޭ ގެ ނަންބަރު 3344667 ނުވަތަ 3313456 އަށް ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި ނަންނޯޓް ކުރައްވާ ފަރާތްތަކާ އެން.ސީ.އޭ އިން ބައްދަލުކުރާނެ ވާހަކަ ދެންނެވީމެވެ.

19 ޖުމާދަލްއާޚިރާ 1436

08 އޭޕްރިލް 2015
ހޯދާ