އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަނުގެ އިންވެސްޓިގޭޝަން 2 ރޫމް ސައުންޑް ޕްރޫފްކުރުމުގެ މަސައްކަތް ކޮމިޝަނުން ދީފައިވާ ރިކުއަރމަންޓާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ!

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި ކޮމިޝަނުގެ އިންވެސްޓިގޭޝަން 2 ރޫމް ސައުންޑް ޕްރޫފްކުރުމުގެ މަސައްކަތް ކޮމިޝަނުން ދީފައިވާ ރިކުއަރމަންޓާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި ބިޑާ ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުމާއި ސައިޓް ވިޒިޓް އޮންނާނީ 2024 ފެބްރުވަރީ 25 ވާ އާދީއްތަ ދުވަހުގެ 10:00ގައި މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާގައެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 މާރިޗު 03 ވާ އާދީއްތަ ދުވަހުގެ 10:00ށް މި ކޮމިޝަނުގެ އިދާރާ، މ.ފިނިފަރުގެ 07 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމާ ގުޅޭ މަޢުލޫމާތު ޝީޓާއި ކޮމިޝަނުގެ ރިކުއަރމަންޓް މި އިޢުލާނާ އެއްހީރާސްކޮށްފައި ވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ މަޢުލޫމާތު ޝީޓުގައި ވާ ގޮތަށެވެ.

 

10 ޝަޢުބާން   1445

20 ފެބްރުވަރީ   2024

20 ފެބުރުވަރީ 2024
ހޯދާ