މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިމެއްކުއްޔަށް ދިނުމަށް

ބިމެއް ކުއްޔަށް ދިނުމާބެހޭ

މި ރަށުގެ ޞިނާޢީ މަސައްކަތްކުރާ ސަރަޙައްދުން އެހެން ފަރާތަކަށް ދޫކޮށް ވަކިކުރެވިފައިވާ 108434.85 އަކަފޫޓުގެ (އައުޓްލައިން ޗާޓުގައި ފާހަގަ ކުރެވިފައިވާ) ބިން ބޯޓު ޔާރޑެއް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވިޔަފާރި އުސޫލުން ކުއްޔަށްދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިބިން ވިޔަފާރި އުސޫލުން ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮތަށް "ކުލީބިމަށް އެދޭ ފޯމު" މި އިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލު

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯމު ވިއްކުން (ކުލީބިމަށް އެދޭ ފޯމު ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް)

15 އެޕްރީލް 2015 ވާ ބުދަ ދުވަހުން ފެށިގެން 29 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ ނިޔަލަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާ 

ބީލަން ހުށަހެޅުން ( ކުލީބިމަށް އެދޭފޯމު ހުށަހެޅުން )

7 މޭ 2015 ވާ ބުރާސްފަތި ދުވަސް

12:00 އަށް

ހިންމަފުށީ ކައުންސިލްގެ އިދާރާ

ފޯމު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯމުތައް ބަލައިގަނެވެން ނޯންނާނެކަން މި ފުރުޞަތުގައި ދަންނަވަމެވެ. މި ބިމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޖުމާދަލްއާޚިރާ 1436

07 އޭޕްރިލް 2015
ހޯދާ