ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހދ އަތޮޅު ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް.

މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހދ އަތޮޅު ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނެކެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، މި މަސައްކަތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާނަމަ ތިރީގައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް މި ބީލަމުގައި ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.

ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް

  1. ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާޢިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
  2. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކް https://rb.gy/o6nrxq މެދުވެރިކޮށް، 20 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 29 ފެބުރުވަރީ 2024 ވާ ބުރާސްފަތި 2024 ދުވަހުގެ މެންދުރު 13:00 ގެ ކުރިން ފޯމް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
  3. މި ބީލަމުގައި ރަޖިސްޓްރީ ވުމުން ރަސްމީ 1 (އެކެއް) ދުވަސްތެރޭ ކޮންފޮމޭޝަން މެސެޖް އަދި މި ބީލަމުގެ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ. އަދި ބީލަން ހުށަހެޅުމުގައި މި މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅު އަރުވަމެވެ.
  4.  މި ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވުމުން ލިބިނުލައްވާނަމަ، ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6521665 އަށް ގުޅުއްވައި އެކަން އެންގުމަށް ދެންނެވީމެވެ.
  5. މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާ ނަމަ 20 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުން ފެށިގެން 29 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން [email protected]  އަށް އީމެއިލް ކުރައްވާ[email protected]  އަށް މެއިލް ކޮޕީ ކުރެއްވުމަށް ދަންނަވަމެވެ. އަދި އީ-މެއިލް ފޮނުވާއިރު ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެއްސެވުމަށް އެދެމެވެ.
  6. އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
  7. މި ބީލަމާއި ގުޅިގެން ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށްޓަކައި 5 މާރިޗު 2024 ވާ އަންގާރަ ދުވަހު 10:00 ގައި ގޫގުލް މީޓްސް މެދުވެރިކޮށް އޮންލައިން ސެޝަންއެއް ބޭއްވޭނެއެވެ.
  8. މި ބީލަމުގައި ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތް ތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

ބީލަން ހުށަހެޅުން

  • ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)          
  • ތާރީޚް: 7 މާރިޗު 2024 (ބުރާސްފަތި ދުވަސް)
  • ގަޑި: 11:00 ގައި
20 ފެބުރުވަރީ 2024
ހޯދާ