އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިއުލާން - ރައްޔިތުންގެ ބައްދަލުވުން

އިޢުލާން

ރައްޔިތުންގެ ބައްދަލުވުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ107   ވަނަ މާއްދާގައި ވާގޮތުގެ މަތިން އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އައްޑޫސިޓީގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބާއްވާ ބައްދަލުވުން 28 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެރޭ 8:30 ގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ހޯލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ވާޗުއަލްކޮށް ބައިވެރިވުމަށް ބޭނުންވާ ލިންކް މިއިދަރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިބައްދަލުވުމުގައި 2023 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހިއްސާކުރެވޭނެއެވެ. ވީމާ، މިބައްދަލުވުމުގައި ވީހާ ގިނަބޭފުޅުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދެންނެވީމެވެ.

09 ޝަޢުބާން 1445

19 ފެބްރުވަރީ 2024

20 ފެބުރުވަރީ 2024
ހޯދާ