މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް 2025

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް 2025

     

 އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގައި 2025 ވަނަ އަހަރު ކިޔަވަން ފަށަން އެދޭ ފަރާތްތަކަށް އެސްކޮލަރޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 30 އޭޕްރީލް 2024 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ކޮލަމްބޯގައި ހުންނަ އޮސްޓްރޭލިއަން ހައިކޮމިޝަން އިން ވަނީ އަންގަވާފައެވެ. މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ދެކޮޅު ޓިކެޓް، އެސްޓެބްލިޝްމަންޓް އެލަވަންސް، ސްޓައިޕެންޑް، ޓިއުޝަން ފީ، ލިވިންގ އެލަވަންސް އަދި ހެލްތް އިންޝުރެންސް ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ.

 

މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިން ލިބެން ހުންނާނެއެވެ. އަދި https://australiaawardsmaldives.org އިން ވެސް މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

 

...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.

20 ފެބުރުވަރީ 2024
ހޯދާ